ދުނިޔެ

މިއަދު އިޒްރާއިލްގެ ސިފައިންގެ ތިން މީހަކު މަރާލެވިއްޖެ: ޤައްސާމް ބްރިގޭޑްސް

މިއަދު އިޒްރާއިލްގެ ސިފައިންގެ ތިން މީހަކު މަރާލެވިއްޖެ: ޤައްސާމް ބްރިގޭޑްސް

އިޒްރާއިލްގެ ސިފައިންގެ މީހެއްގެ ޖަނާޒާ ކުރިއަަށްދަނީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

24 ޖޫން 2025، 04:32

24 ޖޫން 2025، 04:32

މިއަދު އިޒްރާއިލްގެ ސިފައިންގެ ތިން މީހަކު މަރާލެވިއްޖެ ކަމަށް ފަލަސްޠީނުގެ މިނިވަންކަމަށް ޖިހާދުކުރާ އަލް ޤައްސާމް ބްރިގޭޑްސް އިން ބުނެފިއެވެ.

ޤައްސާމް ބްރިގޭޑްސް އިން ހާމަކޮށްފައިވާ ގޮތުގައި އެތިން މީހުން މަރާލެވިފައިވަނީ އިޒްރާއިލް ސިފައިންނާއި އެކު ހިންގި ސީދާ ކުރިމަތިލުމެއްގައި ކަމަށެެވެ.

މިއަދުވެސް އިޒްރާއީލުން ޣައްޒާގެ އެހީ ބެހުމުގެ މަރުކަޒުތަކަށް ހަމަލާތަކެއް ދިނުމުގެ ސަބަބުން 71 ފަލަސްތީނު ރައްޔިތުން ޝަހީދުވެފައިވެއެވެ. 

ޣައްޒާގެ ހޮސްޕިޓަލްތަކުން ދީފައިވާ މައުލޫމާތުގައިވާ ގޮތުން، މިއަދު ފަތިހުން ފެށިގެން ޣައްޒާގެ މެދުތެރޭގައި އިޒްރާއިލްގެ ހަމަލާތަކުގައި 51 ފަލަސްތީނު ރައްޔިތުން ޝަހީދުވެފައިވެއެވެ. މީގެ ތެރޭގައި އެހީ ލިބިގަތުމަށް މަޑުކޮށްގެން ތިބި 32 މީހުން ހިމެނެއެވެ. އަދި އެތައް ބަޔަކު ޒަޚަމްވެފައިވެއެވެ.

އޮކްޓޯބަރު 7، 2023 އިން ފެށިގެން އިޒްރާއީލުން ޣައްޒާގައި ހިންގަމުންދާ ޖަމާޢީ މަރުގެ ޢަމަލުތަކުގެ ސަބަބުން މިހާތަނަށް 187،000 އަށްވުރެ ގިނަ މީހުން ޝަހީދުވެ އަދި ޒަޚަމްވެފައިވެއެވެ. މީގެ ގިނަ އަދަދެއް ކުޑަކުދިންނާއި އަންހެނުންނެވެ. މީގެ އިތުރުން 11،000 އަށްވުރެ ގިނަ މީހުން ގެއްލިފައިވާއިރު، އެތައް ލައްކައެއްހާ މީހުން ހިޖުރަކުރަން މަޖުބޫރުވެފައިވެއެވެ.

އޮކްޓޯބަރު 7، 2023 އިން ފެށިގެން މިހާތަނަށް 871 އިޒްރާއިލްގެ އޮފިސަރުންނާއި ސިފައިން މަރުވެފައިވާ ކަމަށް އިޒްރާއިލްގެ ސިފައިންގެ ރަސްމީ ތަފާސްހިސާބުތަކުން ދައްކައެވެ. މީގެ ތެރެއިން 428 މީހުން މަރުވެފައިވަނީ އެ މަހުގެ 27 ވަނަ ދުވަހު ފެށުނު އެއްގަމުގެ ހަނގުރާމައިގައެވެ. އަދި ޖުމްލަ 6،000 އޮފިސަރުންނާއި ސިފައިން ޒަޚަމްވެފައިވެއެވެ.

 

މި ލިޔުން ކިޔާލުމުން

Ads by MSS