ދުނިޔެ

އަބަދުވެސް ޑިޕްލޮމެޓިކް އަދި ޙިކުމަތްތެރި ގޮތްތަކަށް އިސްކަންދޭނަން: ޤަޠަރުގެ ބޮޑުވަޒީރު

އަބަދުވެސް ޑިޕްލޮމެޓިކް އަދި ޙިކުމަތްތެރި ގޮތްތަކަށް އިސްކަންދޭނަން: ޤަޠަރުގެ ބޮޑުވަޒީރު

ޤަޠަރުގެ ބޮޑުވަޒީރު އަދި ޚާރިޖީ ވަޒީރު ޝެއިޚް މުޙައްމަދު ބިން އަބްދުއްރަޙްމާން އަލް ޘާނީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

24 ޖޫން 2025، 04:31

24 ޖޫން 2025، 04:31

އަބަދުވެސް ޑިޕްލޮމެޓިކް އަދި ޙިކުމަތްތެރި ގޮތްތަކަށް އިސްކަންދޭނެކަމަށް ޤަޠަރުގެ ބޮޑުވަޒީރު އަދި ޚާރިޖީ ވަޒީރު ޝެއިޚް މުޙައްމަދު ބިން އަބްދުއްރަޙްމާން އަލް ޘާނީ ވިދާޅުވެއްޖެއެވެ.

ޤަޠަރުގެ ބޮދުވަޒީރު މިހެން ވިދާޅުވީ މިއަދު ދޯހާގައި ލުބުނާނުގެ ބޮޑުވަޒީރު ނަވާފް ސަލާމްއާއެކު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުންނެވެ.

އީރާނުން ޤަތަރުގެ އަލްއުދައިދު އެއަރބޭސްއަށް ރޭ ދިން ހަމަލާއާ ގުޅިގެން ވާހަކަފުޅު ދައްކަވަމުން، ބޮޑުވަޒީރު ވިދާޅުވީ މިއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި ޤަތަރުގެ ހަތިޔާރުތަކުގެ ޤާބިލުކަން ސާބިތުކޮށްދެވުނު ކަމަށާއި، އެއް މިސައިލް ފިޔަވައި އެހެން ހުރިހާ މިސައިލްތަކެއް ވަނީ ވައިގެ ދިފާއީ ބާރުތަކުން ވައްޓާލާފައި ކަމަށެވެ.

ޤަތަރުގެ އަމީރު އަދި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި ދެމެދު މި މައްސަލައިގައި ފޯނު މަޝްވަރާއެއް ކުރެވުނު ކަމަށާއި، އީރާނުގެ ރައީސްވެސް ޤަތަރުގެ އަމީރަށް ގުޅުއްވައި، ޤަތަރަށް ހަމަލާ އަމާޒުވެގެން ދިޔަކަމާމެދު ހިތާމަ ފާޅުކުރެއްވި ކަމަށް ބޮޑުވަޒީރު ވިދާޅުވިއެވެ.

މީގެއިތުރުން، ޣައްޒާގެ ހަނގުރާމައާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން، ބޮޑުވަޒީރު ވިދާޅުވީ ހަނގުރާމަ ހުއްޓުވައި، ޣައްޒާގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ އަނިޔާވެރިކަން ނައްތާލުމަކީ އެމީހުންގެ މަޤްޞަދު ކަމަށެވެ. އަދި މިކަމަށްޓަކައި މިޞްރާއި އެމެރިކާއާއެކު މަސައްކަތްކުރަމުންދާ ކަމަށް ވިދާޅުވިއެވެ.

ސަރަޙައްދީ ސުލްޙަވެރިކަމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން، ބޮޑުވަޒީރު ވިދާޅުވީ އެއްވެސް ޤައުމެއްގެ މިނިވަންކަމަށް އަރައިގަތުމަކީ ޤަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި ކޮންމެ ހާލަތެއްގައިވެސް ޑިޕްލޮމެޓިކް މަގުތަކަށް އިސްކަންދޭނެ ކަމަށް ވިދާޅުވިއެވެ.

 

 

މި ލިޔުން ކިޔާލުމުން

Ads by MSS