Ads by Stelco

ޚަބަރު

ދައުލަތުން ދައްކަން ނުޖެހޭ ފައިސާ ހޯދުމަށް ފޯޖް ލިޔުންތައް ހުށަހަޅާކަން އޮޑިޓް ރިޕޯޓުތަކުން ހާމަވެއްޖެ: އޮޑިޓަރ ޖެނެރަލް

ދައުލަތުން ދައްކަން ނުޖެހޭ ފައިސާ ހޯދުމަށް ފޯޖް ލިޔުންތައް ހުށަހަޅާކަން އޮޑިޓް ރިޕޯޓުތަކުން ހާމަވެއްޖެ: އޮޑިޓަރ ޖެނެރަލް

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއިން އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ބޭފުޅުންނާ ބައްދަލުކުރުން ފޮޓޯ: މަޖިލިސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

24 ޖޫން 2025، 02:39

24 ޖޫން 2025، 02:39

ދައުލަތުން ދައްކަން ނުޖެހޭ ވަރުގެ ބޮޑެތި އަދަދުތައް ހޯދުމަށް ފޯޖް ލިޔުންތައް ހުށައަޅާފައި ހުރިކަން އޮޑިޓް ރިޕޯޓުތަކުން ދައްކާކަމަށް، އޮޑިޓަރ ޖެނެރަލް ޙުސައިން ނިޔާޒީ ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީގައި ވާހަކަދައްކަވަމުންނެވެ. މިކަމުގެ ސަބަބުން ދައުލަތަށް ބޮޑެތި މާލީ ގެއްލުންތަކެއް ލިބި، ރައްޔިތުންގެ ފައިސާ ނަހަމަގޮތުގައި ބޭނުންކުރުމުގެ ފުރުސަތު ބޮޑުވެފައިވާކަމަށް އޮޑިޓަރ ޖެނެރަލް ފާހަގަކުރެއްވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީގައި އޮޑިޓަރ ޖެނެރަލްގެ އޮފީހުން ވަނީ އޮޑިޓްކުރުމަށް ހުށައަޅާފައިވާ ރިޕޯޓުތަކުގެ މައުލޫމާތު ހިއްސާކުރައްވާފައެވެ. އެގޮތުން، ސަރުކާރު ހިއްސާވާ ކުންފުނިތައް (އެސްއޯއީ) ހުށައަޅަންޖެހޭ ވަގުތައް މާލީ ބަޔާންތައް ލިބިފައިވަނީ އެންމެ 16 ތަނަކުންކަން އޮޑިޓަރ ޖެނެރަލް ފާހަގަކުރެއްވިއެވެ. މިމަހުގެ 19 ވަނަ ދުވަހާއި ހަމައަށް އިތުރު 3 ތަނެއްގެ މާލީ ބަޔާން ލިބިފައިވާކަމަށް ވިދާޅުވިއެވެ. އަދި މިހާތަނަށް އެސްއޯއީތަކުގެ ތެރެއިން 10 ތަނެއްގެ މާލީ ބަޔާން ލިބިފައިނުވާކަމަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުން ވަނީ މަޖިލީހުގެ ޖަލްސާގައިވެސް ވިދާޅުވެފައެވެ.

މާލިއްޔަތު ކޮމެޓީގައި ވާހަކަދައްކަވަމުން އޮޑިޓަރ ޖެނެރަލް ޙުސައިން ނިޔާޒީ ވިދާޅުވީ، ބައެއް އެގްރިމަންޓްތައް ބާތިލްކުރާއިރު ދައުލަތުގެ ފަރާތުން ބޮޑެތި އަދަދުތަކެއް ދައްކަންޖެހޭކަމަށެވެ. އަދި އޮޑިޓްކުރަމުންދާއިރު މި ރިޕޯޓްތަކުންވެސް އުނި ކަންކަން ފާހަގަވަމުންދާކަމަށެވެ. އެގޮތުން، ކްލެއިމް ކުރެވޭނެ އެންމެ ބޮޑެތި އަދަދުތައް އެގްރިމަންޓްގައި ހިމެނުމަކީ ޤާނޫނަށް ބަދަލު ގެނެސްގެންވެސް ކުރަންޖެހިފައިވާކަމެއްކަން ވަނީ ފާހަގަކުރައްވާފައެވެ. އޮޑިޓަރ ޖެނެރަލް މިހެން ވިދާޅުވެފައިވަނީ، ރިޕޯޓުތަކުން އޮޅުވާލައިގެން ފޯޖް ލިޔުންތައް ހުށައަޅައިގެން ފައިސާ ހޯދާފައިހުރިކަން ހާމަވުމާއި ގުޅިގެންނެވެ.

ދައުލަތާއި ދެކޮޅަށް ހުށައެޅިފައި ހުރި ބައެއް ކޭސްތަކުގައި އަޅުގަނޑުމެން މިހާރު އޭގެ ރިޕޯޓްވެސް ތައްޔާރުކުރަމުން މިދަނީ އެބަހުރި ހަމަ ފޯޖް ލިޔުންތައް ހުށައަޅާފައިވެސް. އަޅުގަނޑުމެންނަކީ ތަހުގީގީ އިދާރާއެއް ނޫން އެހެންވީމަ ފޯޖްކަމަށް ވަރަށް ބޮޑަށް ތުހުމަތު ކުރެވޭ ލިޔުންތައް ހުށައަޅައިގެން އެބަހުރި ތަކެއްޗާއި ލިޔުންތައް ދައުލަތަށް ފޯރުކޮށްދިންކަމަށް ދައުލަތަށް ދައްކައިގެން އޭތި ކްލެއިންކުރަން. އޭގަ އަޅުގަނޑުމެން ބޭންކްތަކުންނާއި އެހެނިހެން އިދާރާތަކުން އޭގެ އަސްލު ޑޮކިއުމަންޓްތަކާއި އަދި އޭގަ ސޮއިކޮށްފައި ހުރިކަމަށް އެ ބުނާ މީހުންނާއި އެމީހުންގެ ބަހެއްވެސް ހޯދައިގެން މިހާރު މި މަސައްކަތްކުރަމުން ދަނީ. މި ދެންނެވިހެން މިހާރުވެސް މަސައްކަތްކުރާ 4 ރިޕޯޓެއްގައި އޭގެއިން 100 މިލިޔަނަށްވުރެ ބޮޑު އަދަދުތަކެއް މިހާރުވެސް ހުށައަޅާފައި އެހުރީ ކްލެއިމްކުރަން  

އޮޑިޓަރ ޖެނެރަލް

އޮޑިޓަރ ޖެނެރަލް ވިދާޅުވީ، މި ރިޕޯޓުތަކުގެ އަލީގައި އެޓާރނީ ޖެނެރަލް (އޭޖީ) އަށް މައްސަލަތައް ކޯޓުގައި ދިފާއުކުރެވޭނެ ފުރުސަތު ލިބިގެންދާނެކަމަށެވެ. އަމިއްލަ ފަރާތަކުން ދައުލަތަށް ދީފައި ހުރި ހިދުމަތަކަށް ފައިސާ ނުދައްކާނަމަ އެ ފައިސާ ދޭންޖެހޭނެކަން ފާހަގަކުރައްވައި އޮޑިޓަރ ޖެނެރަލް ވިދާޅުވީ، ފޯޖް ކޮށްގެން މިގޮތަށް ލިޔުންތައް ހުށައަޅައިގެން ފައިސާ ހޯދުން ހުއްޓުމަކަށް އަންނަންޖެހޭކަމަށެވެ.

                    

މި ލިޔުން ކިޔާލުމުން

Ads by MSS