ދުނިޔެ

ޓްރަމްޕް އިޢުލާނުކުރެއްވި “ސީސްފަޔަރ”އާއި އެކު ނެތަންޔާހޫ ހުރީ ހަނު

ޓްރަމްޕް އިޢުލާނުކުރެއްވި “ސީސްފަޔަރ”އާއި އެކު ނެތަންޔާހޫ ހުރީ ހަނު

ބެންޖަމިން ނަތަންޔާހޫ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

24 ޖޫން 2025، 11:31

24 ޖޫން 2025، 11:31

އިޒްރާއީލާއި އީރާނާ ދެމެދު ހަނގުރާމައިގެ ހަރަކާތްތައް ހުއްޓާލުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިޢުލާނުކުރެއްވި "ސީސްފަޔަރ" އާ ގުޅޭގޮތުން އިޒްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫ އަދި އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

ޖެރޫސަލަމް ޕޯސްޓުން ރިޕޯޓުކުރި ގޮތުގައި، ނެތަންޔާހޫ ވަނީ އަންގާރަ ދުވަހުގެ ހެނދުނާ ހަމައަށް ސެކިއުރިޓީ ކެބިނެޓް ބައްދަލުވުމެއް ބާއްވަވާފައެވެ. އަދި މިނިސްޓަރުންނަށް ވަނީ ސީސްފަޔަރއާ ގުޅޭގޮތުން އާންމުކޮށް އެއްވެސް ބަޔާނެއް ނުނެރުމަށް އަންގާފައެވެ.

އިޒްރާއީލުން ހަމަލާތައް ހުއްޓާލައިފިނަމަ، އެ ޤައުމަށް ދެމުންދާ ޖަވާބީ ހަމަލާތައް ހުއްޓާލާނެ ކަމަށް އީރާނުން ވަނީ ބުނެފައެވެ. ނަމަވެސް މިހާތަނަށް އިޒްރާއީލަށް އަމާޒުކޮށް އެތައް ހަމަލާއެއް ދީފައިވާއިރު، ބީއަރޝީބާ ސިޓީގައި މަދުވެގެން ތިން މީހަކު ވަނީ މަރުވެފައެވެ.

އިޒްރާއީލުގެ ސިފައިންގެ ބަޔާނެއްގައި ބުނެފައިވާ ގޮތުން، އީރާނުން ދިން ފުރަތަމަ ދެ ހަމަލާގައި ދެކުނު އިޒްރާއީލްގެ ހަތް ބުރީގެ އިމާރާތަކަށް ސީދާ ހަމަލާއެއް އަމާޒުވެ، ތިން މީހަކު މަރުވެފައިވެއެވެ. މި ހަމަލާތަކުގައި ޖުމްލަ ހަ މިސައިލް ދޫކޮށްފައިވާއިރު، ފުރަތަމަ ހަމަލާގައި ދެ މިސައިލް އަދި ދެވަނަ ހަމަލާގައި ހަތަރު މިސައިލް ހިމެނެއެވެ.

އިޒްރާއިލްގެ ސިޔާސީ ދިރާސާވެރިއެއް ކަމަށްވާ އަކީވާ އެލްދަރ ވިދާޅުވި ގޮތުގައި މިއީ ކޮންމެ ފަރާތަކުންވެސް އެފަރާތުގެ ބާރުވެރިކަން ދައްކާލުމަށް ކުރާ މަސައްކަތެކެވެ.

 "އުއްމީދު ކުރަނީ މިއީ މި ހަނގުރާމައިގެ ނިމުން ކަމަށް. މިއީ ފަހަރުގައި ޓަނަލްގެ ނިމުމުގައި ފެންނަ އަލިކަމުގެ ފެށުން ވެދާނެ،" އެލްދަރ ވިދާޅުވިއެވެ.

އީރާނުގެ ޕްރެސް ޓީވީން މިއަދު ރިޕޯޓުކުރި ގޮތުގައި، އިޒްރާއީލަށް އެތައް ހަމަލާއެއް ދިނުމަށްފަހު، މިހާރު ވަނީ ސީސްފަޔަރ އެއްބަސްވުން ތަންފީޒުކުރަން ފަށާފައެވެ.

 

 

މި ލިޔުން ކިޔާލުމުން

Ads by MSS