Ads by Stelco

ޚަބަރު

ދަނޑުވެރިކަމާއި ޞިއްޙީ ގުޅުން ބަދަހިކުރުމަށް ނޭޕާލްގެ އައު ސަފީރާއެކު ރައީސް މުޢިއްޒު މަޝްވަރާކުރައްވައިފި

ދަނޑުވެރިކަމާއި ޞިއްޙީ ގުޅުން ބަދަހިކުރުމަށް ނޭޕާލްގެ އައު ސަފީރާއެކު ރައީސް މުޢިއްޒު މަޝްވަރާކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ފޮޓޯ:ރައީސް އޮފީސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

23 ޖޫން 2025، 05:44

23 ޖޫން 2025، 05:44

ދިވެހިރާއްޖެއާއި ނޭޕާލްއާ ދެމެދު ދަނޑުވެރިކަމާއި ޞިއްޙީ ދާއިރާއިން ގުޅުން ބަދަހި ކުރުމާ ގުޅޭގޮތުން މިއަދު މަޝްވަރާކުރައްވައިފިއެވެ. މި މަޝްވަރާތައް ކުރައްވާފައިވަނީ ނޭޕާލް ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ނޮން-ރެޒިޑެންޓް ސަފީރު، ޑރ. ޕޫރްނާ ބަހާދޫރު ނޭޕާލީ، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒުއަށް އެރުވުމަށްފަހުއެވެ.މި ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

ނޭޕާލްގެ އައު ސަފީރު، ޑރ. ޕޫރްނާ ބަހާދޫރު ނޭޕާލީ، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތަށް ވަޑައިގެންނެވީ ޖުމްހޫރީ މައިދާނުން ފެށިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހާ ހަމައަށް ހަތްކޮޅުގައި ރަސްމީ އިއްޒަތުގައި ބެރު ދުންމާރި ތާޅަފިލީގެ އަޑާއެކު، ހެވިކަމުގެ ލަޝްކަރާއެކު ހިންގަވައިގެންނެވެ.

ސަފީރު އެމަނިކުފާނުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އެރުވުމުން، ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ވަނީ އައު ސަފީރަށް ތަހުނިޔާ ވިދާޅުވެ، ދިވެހިރާއްޖެއަށް ވަޑައިގެންނެވިކަމަށްޓަކައި މަރްޙަބާ ވިދާޅުވެފައެވެ.

އެއަށްފަހު، ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން އައު ސަފީރާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި މަޝްވަރާކުރެއްވިއެވެ. މި މަޝްވަރާތަކުގައި ދެބޭފުޅުން ވަނީ ޚާއްޞަކޮށް ތަޢުލީމާއި، ދަނޑުވެރިކަމާއި، ޞިއްޙީ ދާއިރާއިން ދެޤައުމު ގުޅިގެން މަސައްކަތްކުރެވިދާނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ. މި މަޝްވަރާތަކުގެ މަޤްޞަދަކީ ދެޤައުމުގެ ގުޅުން އިތުރަށް ވަރުގަދަކޮށް، މުސްތަޤްބަލުގައި ގުޅިގެން ކުރެވޭނެ މަސައްކަތްތައް ފުޅާކުރުމެވެ.

ދިވެހިރާއްޖެއާ ނޭޕާލާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރެވިފައިވަނީ 1980 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 1 ވަނަ ދުވަހުއެވެ. ނޭޕާލުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާ ސަފީރު ކަނޑައަޅުއްވާފައިވަނީ ނޮން-ރެޒިޑެންޓް ސަފީރެއްގެ ގޮތުގައެވެ.

                    

މި ލިޔުން ކިޔާލުމުން

Ads by MSS