ދުނިޔެ

އެހީ ބަހާ މަރުކަޒުތަކަށް ހަމަލާދީ މިއަދުގެ މިހާތަނަށް 29 މީހަކު ޝަހީދުކޮށްލައިފި

އެހީ ބަހާ މަރުކަޒުތަކަށް ހަމަލާދީ މިއަދުގެ މިހާތަނަށް 29 މީހަކު ޝަހީދުކޮށްލައިފި

ޝަހީދެއްގެ ހަށިގަނޑު ޖަނާޒާއަށް އުފުލަނީ.

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

23 ޖޫން 2025، 04:33

23 ޖޫން 2025، 04:33

ބަނޑަށް ޖެހި ނިކަމެތި ޙާލު ޖެހިފައިވާ ފަަލަސްޠީނުގެ ރައްޔިތުންނަށް ހަމަލާދީ އެހީގެ ތަކެތި ބަހަމުންދިޔަ މަރުކަޒުތަކަށް ހަމަލާދީ މިއަދުގެ މިހާތަނަށްވެސް 29 މީހަކު ޝަހީދުކޮށްލައިފިކަމަށް އަލްޖަޒީރާގައި ރިޕޯޓުކޮށްފިއެވެ.

އަލްޖަޒީރާގައި ބުނެފައިވަނީ އެކިސަރަހައްދުތަކަށް ދިން ހަމަލާތަކުގައި 29 މީހުން ޝަހީދުވެފައިވާއިރު މީގެ ތެރޭގައި އިންސާނީ އެހީ ބަލައިގޮސް ތިބި 13 މީހުންވެސް ހިމެނޭކަމަށެވެ.

ނާސިރު މެޑިކަލް ކޮމްޕްލެކްސްއަށް ހަވާލާދީ އަލްޖޒީރާގައި ބުނެފައިވަނީ  ރަފާ ސިޓީގެ އުތުރުގައި ހުރި އެހީ ބަލައިގަންނަ މަރުކަޒުތަކުގެ ވަށައިގެން އިޒްރާއީލުން ދިން ހަމަލާތަކުގައި 10 މީހުން ޝަހީދުވެ، 15 އަށް ވުރެ ގިނަ މީހުން ޒަހަމްވެފައިވެއެވެ.

 އަލް-އަޤްސާ ހޮސްޕިޓަލުން ބުނި ގޮތުގައި ދޭރް އަލް-ބަލާހުގައި ހުރި ގެއަކަށް އިޒްރާއީލުން ދިން ހަމަލާއެއްގައި އެއް މީހަކު ޝަހީދުވެ، އެތައް ބަޔަކު ޒަހަމްވެފައިވެއެވެ.

ޣައްޒާގެ އުތުރުގައި އިންސާނީ އެހީގެ ޓްރަކުތައް އަންނަންދެން މަޑުކޮށްގެން ތިބި މީހުންނަށް އިޒްރާއީލު ސިފައިން ސީދާ ހަމަލާ ދިނުމުން ޝަހީދުވި އެތައް ބައެއްގެ ހަށިތައް ފަލަސްތީނުން ވަނީ ވަޅުލާފައެވެ. އަލް-ޝިފާ ހޮސްޕިޓަލުން ބުނި ގޮތުގައި ޖަބާލިޔާ ސަރަހައްދުގައި ހުރި ގޭގެއަށް އިޒްރާއީލުން ދިން ހަމަލާތަކުގައި ދެ މީހުން ޝަހީދުވެފައިވެއެވެ.

އަލް-އައުދާ ހޮސްޕިޓަލުން ބުނި ގޮތުގައި ނަތްސަރިމް މަގުމަތީގައި ކާބޯތަކެތީގެ އެހީ ބަލައިގަންނަން ތިބި މީހުންނަށް އިޒްރާއީލު ސިފައިން ހަމަލާ ދިނުމުން ދެ މީހުން ޝަހީދުވެ، އެތައް ބަޔަކު ޒަހަމްވެފައިވެއެވެ. ޣައްޒާގެ މީޑިއާ އޮފީހުން ހާމަކުރި ގޮތުގައި މިދިޔަ މެއި 27 އިން ފެށިގެން އެހީ ބަލައިގަންނަ މަރުކަޒުތަކަށް ދިން ހަމަލާތަކުގައި 450 ފަލަސްތީނުން ޝަހީދުވެ، 3،000 މީހުން ޒަހަމްވެ، 39 މީހުން ގެއްލިފައިވެއެވެ.

އެމެރިކާގެ ފުރިހަމަ އެއްބާރުލުމާއެކު އިޒްރާއީލުން 2023 ވަނަ އަހަރުގެ އޮކްޓޯބަރު 7 އިން ފެށިގެން ޣައްޒާގައި ހިންގަމުންދާ ޖަމާޢީ މަރުގެ ހަމަލާތަކުގައި މިހާތަނަށް 187،000 އަށް ވުރެ ގިނަ ފަލަސްތީނުމީހުން ޝަހީދުވެ ނުވަތަ ޒަހަމްވެފައިވެއެވެ. މީގެ ތެރެއިން ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ. މީގެ އިތުރުން 11،000 އަށް ވުރެ ގިނަ މީހުން ގެއްލިފައިވާއިރު، ލައްކަތަކެއް މީހުން ވަނީ ހިޖުރަކުރަން މަޖުބޫރުވެފައެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS