ދުނިޔެ

އީރާނާ ދެކޮޅަށް ހިންގާ ހަނގުރާމަ އަވަހަށް ނިންމާނުލާނެ ކަމަށް ނެތަންޔާހޫ ބުނެފި

އީރާނާ ދެކޮޅަށް ހިންގާ ހަނގުރާމަ އަވަހަށް ނިންމާނުލާނެ ކަމަށް ނެތަންޔާހޫ ބުނެފި

ބެންޖަމިން ނެތަންޔާހޫ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

23 ޖޫން 2025، 03:19

23 ޖޫން 2025، 03:19

އީރާނާއި ދެކޮޅަށް ހިންގަމުންދާ ހަނގުރާމަ އަވަހަށް ނުނިންމާނެ ކަމަށް އިޒްރާއިލްގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫ ބުނެފިއެވެ. 

އިޒްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫ ބުނެފައިވަނީ އީރާނާ ދެކޮޅަށް ހިންގާ ހަނގުރާމައިގެ ލަނޑުދަނޑިތައް ހާސިލުވުމާ ކައިރިވެފައިވާ ކަމަށާއި، ނަމަވެސް އެ ލަނޑުދަނޑިތައް ހާސިލުވުމުގެ ކުރިން އެ ހަނގުރާމަ ނިންމާނުލާނެ ކަމަށެވެ.

އިޒްރާއިލްގެ  ނޫސްވެރިންނާ ވާހަކަދައްކަމުން، ނެތަންޔާހޫ ބުނެފައިވަނީ  އޮޕަރޭޝަންތައް ކުރިއަށް ގެންދާނީ ލަނޑުދަނޑިތައް ހާސިލުކުރުމަށް ބޭނުންވާ މިންވަރަށް ކަމަށާއި، އެހެންނަމަވެސް އަވަހަށް ނިންމާނުލާނެކަމަށެވެ. ލަނޑުދަނޑިތައް ހާސިލުވުމުން އޮޕަރޭޝަން ނިމި، ހަނގުރާމަ ހުއްޓޭނެ ކަމަށްވެސް ނެތަންޔާހޫ ވަނީ ބުނެފައެވެ. 

އިތުރަށް ވާހަކަދައްކަމުން  ނެތަންޔާހޫ ބުނީ އީރާނުގެ ފޯޑޯ ނިއުކްލިއަރ ފެސިލިޓީއަށް އެމެރިކާއިން އިއްޔެ ރޭ ދިން ހަމަލާއިން އެ ތަނަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާ ކަމަށެވެ. ނަމަވެސް ގެއްލުމުގެ މިންވަރު އަދި ސާފުނުވާ ކަމަށެވެ.

އީރާނުން މުއްސަނދިކޮށްފައިވަ 60 އިންސައްތަ ޔުރޭނިއަމްއާއި ބެހޭ ގޮތުން ކުރެވުނު ސުވާލަކަށް ޖަވާބު ދެމުން ނެތަންޔާހޫ ބުނީ  އެކަން ވަރަށް ގާތުން ބަލަމުން ދާކަމަށާއި އެއީ ނިއުކްލިއަރ ޕްރޮގްރާމްގެ މުހިންމު ބައެއް ކަމަށް ކަށަވަރުކޮށްދެވިދާނެ ކަމަށާއި އެހެންނަމަވެސް އެއީ ހަމައެކަނި ބައެއް ނޫން ކަމަށެވެ.

ޣައްޒާގައި ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހަނގުރާމަ ކުރަމުންދާ ނެތަންޔާހޫ އިތުރަށް ބުނީ އީރާނުގެ ނިއުކްލިއަރ ފެސިލިޓީތަކަށް ގެއްލުން ދިނުމާއި އެ ޤައުމުގެ ސައިންޓިސްޓުން މެރުމުން އީރާނަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައި ކަމަށެވެ.

 

މި ލިޔުން ކިޔާލުމުން

Ads by MSS