Ads by Stelco

ޚަބަރު

ހުޅުމާލޭގައި ހިންގި އޮޕަރޭޝަނެއްގައި 04 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި

ހުޅުމާލޭގައި ހިންގި އޮޕަރޭޝަނެއްގައި 04 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި

އިމިގްރޭޝަނުން އިއްޔެ ކުރިއަށް ގެންދިޔަ ރެއިޑް އޮޕްރޭޝަނުގެ ތެރެއިން/ފޮޓޯ: އިމިގްރޭޝަން

23 ޖޫން 2025، 02:50

އިއްޔެ ހުޅުމާލޭގައި ހިންގި އޮޕަރޭޝަނެއްގައި 04 ބިދޭސީއަކު މޯލްޑިވްސް އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވީ، މި ބިދޭސީން އަތުލައިގަނެފައިވަނީ ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންނަށް އަމާޒުކޮށް އިމިގްރޭޝަންގެ ޓާސްކު ފޯހުން ކުރިއަށްގެންދާ ރެއިޑު އޮޕަރޭޝަންތަކުގެ ތެރެއިން ކަމަށެވެ.

އިމިގްރޭޝަނުން ވިދާޅުވީ، އިއްޔެ ކުރިއަށް ގެންދިޔަ ރެއިޑް އޮޕަރޭޝަންގައި ހުޅުމާލޭގައި ހިންގަމުންދާ 05 ކެފޭ/ޓޭކްއަވޭ ތަނެއް  ބަލައިފާސްކޮށްފައިވާ ކަމަށެވެ. އަދި  މި ތަންތަނުން ޞައްޙަ ވިސާއެއް ނެތި ޤަވާއިދާ ޚިލާފަށް އުޅެމުންދިޔަ 04 ބިދޭސީއަކު ފާހަގަވެފައިވާކަމަށް އިމިގްރޭޝަނުން ވަނީ މަޢުލޫމާތު ދީފައެވެ. އަދި އެ މީހުން މިހާރު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވިފައި ކަމަށް އިމިގްރޭޝަނުން ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގައި ޤަވާއިދާ ޚިލާފަށް މަސައްކަތް ކުރަމުންދާ ބިދޭސީން ހޯދައި، އެމީހުންނާއި މެދު އަޅަންޖެހޭ އެކަށީގެންވާ ފިޔަވަޅުތައް އެޅުމަށް އިމިގްރޭޝަނުން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އޮޕަރޭޝަންތަކެއް ފަށައިފައެވެ. އަދި މި އޮޕަރޭޝަންތަކުގެ ދަށުން މިހާރު ވަނީ ގިނަ ޢަދަދެއްގެ ބިސޭސީންނެއް އަތުލައިގަނެފައެވެ. 

މި ލިޔުން ކިޔާލުމުން

Ads by MSS