ޚަބަރު
ކުޅިވަރަކީ އެއްބައިވަންތަކަމާއި، ގަދަ ހިތްވަރާއި، ކާމިޔާބަށް މަސައްކަތްކުރަން ދަސްކޮށްދޭ މުހިންމު ހުނަރެއް:ރައީސް މުޢިއްޒު

ރައީސުލްޖުމްހޫރިއްޔާ، ދިވެހިރާއްޖޭގެ ކުޅިވަރު ޤާނޫނަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ތަސްދީގުކުރެއްވުން ފޮޓޯ:ރައީސްއޮފީސް
ކުޅިވަރަށް ލޯބިކުރައްވާ އަދި މި ދާއިރާގައި ޚިދުމަތް ކުރައްވާ ހުރިހާ ބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ތަހުނިޔާ އަރިސްކުރައްވާފައެވެ. އެ މަނިކުފާނު މި ތަހުނިޔާ ފޮނުއްވާފައި ވަނީ، އޮލިމްޕިކް ދުވަހާ ގުޅިގެން އެކްސް ގައި ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސް މުޢިއްޒު އެކްސްގައި ކުރެއްވި ޕޯސްޓުގައި ފާހަގަކުރައްވާފައި ވަނީ، ކުޅިވަރަކީ އެއްބައިވަންތަކަމާއި، ގަދަ ހިތްވަރާއި، ކާމިޔާބަށް މަސައްކަތްކުރަން ދަސްކޮށްދޭ މުހިންމު ހުނަރެއް ކަމުގައެވެ. ކުޅިވަރުން ދަރިވަރުންނާއި ޒުވާނުންނަށް މުސްތަޤްބަލުގެ ދިރިއުޅުމަށް ބޭނުންވާ މުހިންމު ފިލާވަޅުތަކެއް ދަސްކޮށްދޭކަން ރައީސް ވަނީ މި ފުރުސަތުގައި ފާހަގަކުރައްވާފައެވެ.
ކުޅިވަރަށް ލޯބިކުރައްވާ އަދި ކުޅިވަރުގެ ދާއިރާގައި ޚިދުމަތް ކުރައްވާ ހުރިހާ ބޭފުޅުންނަށް އޮލިމްޕިކް ދުވަހުގެ ތަހުނިޔާ ދަންނަވަން. ކުޅިވަރަކީ، އެއްބައިވަންތަކަމާ، ގަދަ ހިތްވަރާ، ކާމިޔާބަށް މަސައްކަތްކުރަން ދަސްކޮށްދޭ މުހިންމު ހުނަރެއް. pic.twitter.com/iD1Rw92CNq
— Dr Mohamed Muizzu (@MMuizzu) June 23, 2025