Ads by Stelco

ޚަބަރު

މަސްތުވާތަކެތީގެ މައްސަލައެއްގައި މާލެއިން ދެ މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ މައްސަލައެއްގައި މާލެއިން ދެ މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ ވިޔަފާރީގައި ހައްޔަރުކުރި ދެ މީހުން/ފޮޓޯ: ފުލުހުން

23 ޖޫން 2025، 01:48

ދިވެހި ފުލުހުންގެ ޚިދުމަތުން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި މާލޭގެ ގެއެއް ބަލައި ފާސްކޮށް ދެ މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސްއަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން، މި ހިނގާ ޖޫން މަހުގެ 19 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަނުގައި މާލޭގެ ގެއެއް ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވާ ކަމަށެވެ. އަތި މި ތަކެތީގެ ވަގުތީ ބަރުދަނަކީ 193.3 ގުރާމުކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ތ. ގުރައިދޫ / މަންޒިލް، އަޙްމަދު ސަމާޙް (38އ) އާއި މާލެ / މ. ޑޭޒީ، މުޙައްމަދު ޖުމައިލް (35އ) އެވެ. މި މައްސަލައާ ގުޅިގެން މި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އަޙްމަދު ސަމާޙް (38އ) ޝަރީއަތް ނިމެންދެން ބަންދުކުރުމަށް އަދި މުޙައްމަދު ޖުމައިލް (35އ) ފަސް ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ.

މި މައްސަލަ ފުލުހުންގެ ޚިދުމަތުން ގެންދަނީ އިތުރަށް ތަހުޤީގު ކުރަމުންނެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS