ސައިންސް / ދުނިޔެ

މީތޭން ގޭހުގެ އެހީގައި ދިރިއުޅޭ އަޖައިބު ކުރުވަނިވި ފައިދިގުމަކުނުގެ އައު ބާވަތްތަކެއް ފެނިއްޖެ

މީތޭން ގޭހުގެ އެހީގައި ދިރިއުޅޭ އަޖައިބު ކުރުވަނިވި ފައިދިގުމަކުނުގެ އައު ބާވަތްތަކެއް ފެނިއްޖެ

އަލަށްފެނުނު ފައިދިގު މަކުނުގެ ބާވަތެއް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

23 ޖޫން 2025، 01:14

23 ޖޫން 2025، 01:14

ޔުނައިޓެޑް ސްޓޭޓްސްގެ ހުޅަނގު އައްސޭރިފަށުގެ ކަނޑުގެ އަޑީގެ ފުން ސަރަހައްދުތަކުން، މިހާތަނަށް ފެނިފައިނުވާ އަދި ތަފާތު ސިފަތަކެއް ހުރި މޫދު ފައިދިގުމަކުނުގެ އައު ތިން  ބާވަތެއް ސައިންސްވެރިން ވަނީ ހޯދާފައެވެ. މި ފައިދިގުމަކުނުތަކުގެ ހައިރާން ކުރުވަނިވި ސިފައަކީ، ޖައްވަށް ނުރައްކާތެރިކަމަށް ބެލެވޭ މީތޭން ގޭހުން ދިރިއުޅުމެވެ.

މި އާ ބާވަތުގެ ފައިދިގުމަކުނަކީ ތަކަކީ، ތަފާތު ބަޔޮލޮޖިކަލް ސިމްބަޔޯސިސް  ގެ ބައެކެވެ. އެސޮރުމެންގެ ހަށިގަނޑުގައި ހާއްސަ ބެކްޓީރިއާގެ ބާވަތެއް ދިރިއުޅެއެވެ. މި ބެކްޓީރިއާއިން މީތޭން އަދި އޮކްސިޖަން ބޭނުންކޮށްގެން ހަކުރާޢި ފެޓް އުފައްދައެވެ. މިއީ ފައިދިގުމަކުނަށް ބޭނުންވާ ކާނާގެ މަސްދަރެވެ.

ޕްރޮފެސަރ ޝާނާ ގޯފްރެޑީ ވިދާޅުވީ، "އަހަރެމެން ހެނދުނުގެ ނާސްތާ އަށް ބިސް ކާ ފަދައިން، މި ފައިދިގުމަކުނު ދިރިއުޅެނީ އެމީހުންގެ ހަށިގަނޑުގައި ހުންނަ ބެކްޓީރިއާ ކައިގެންނެވެ."

މި އައު ބާވަތްތަކުގެ ފައިދިގުމަކުނު ނިސްބަތްވަނީ "ސެރިކޯސޫރާ " ޖީނަސް އަށެވެ. މި ފައިދިގުމަކުނުގެ އެންމެ ޚާއްސަ ސިފައަކީ، އެސޮރުމެންގެ ޝިކާރަކުރުމަށް ޚާއްސަ ދަތް ނުވަތަ ވަކިތަކެއް ނެތުމެވެ. އާންމުކޮށް މޫދު ފައިދިނުމަކުނާއި ޖެލީފިޝް ފަދަ މަޑު ހަށިގަނޑުގެ ކަނޑުގެ ދިރޭތަކެތި ޝިކާރަކޮށްގެން ކެއިކަމަށްވިޔަސް، މި އާ ޖީނަސް އިން ބޭނުންކުރަނީ ތަފާތު ކެއުމުގެ އުސޫލެކެވެ.

ޖަރުމަނުގެ މެކްސް ޕްލޭންކް އިންސްޓިޓިއުޓްގެ މެރިން ބަޔޮލޮޖިސްޓް ނިކޯލް ޑުބިލިއާ ވިދާޅުވީ، "އިރުގެ އަލިކަން ނުލިބޭ ތަންތަނުގައިވެސް، ކަނޑުގެ ދިރޭތަކެތި ދިރިއުޅުމަށް ކެމިކަލް ހަކަތަ ބޭނުންކުރަން ވަނީ ދަސްކޮށްފައެވެ. ކަނޑުގެ ދިރޭތަކެތި މަރުވެ، ކަނޑުގެ އަޑީގައި ގިރިގެންދާއިރު މީތޭން ގޭސް ދޫވެއެވެ. މި ގޭސް ވަނީ މި ބެކްޓީރިއާތަކުގެ ކާނާއަށެވެ."

މި ހޯދުންތަކުން ދައްކައިދެނީ، ދިރިއުޅުން އާދަޔާ ހިލާފު މާހައުލުތަކަށް ކިހާ ރަނގަޅަށް ގުޅުވާލެވޭތޯއެވެ. އެގޮތުން، އިރުގެ އަލިކަމުގެ ބަދަލުގައި މީތޭން އާ ގުޅިފައިވާ އީކޯސިސްޓަމްތައް ބޭނުންކޮށްގެން ދިރިއުޅުމުގެ މިސާލެއް މި ހޯދުންތަކުން ވަނީ ފެނިފައެވެ.

                    

މި ލިޔުން ކިޔާލުމުން

Ads by MSS