Ads by Stelco

ޚަބަރު

ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލްކުރުމުގައި ޕަބްލިކް ސާވަންޓުންނަކީ މުހިންމު ދައުރެއް އަދާކުރާ ބައެއް : ރައީސް މުޢިއްޒު

ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލްކުރުމުގައި ޕަބްލިކް ސާވަންޓުންނަކީ މުހިންމު ދައުރެއް އަދާކުރާ ބައެއް : ރައީސް މުޢިއްޒު

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ފޮޓޯ:ރައީސް އޮފީސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

23 ޖޫން 2025، 12:50

23 ޖޫން 2025، 12:50

ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލްކުރުމުގައި ޕަބްލިކް ސާވަންޓުންގެ ދައުރު ބޮޑުކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ކޮންމެ އަހަރެއްގެ ޖޫން މަހުގެ 23ވަނަ ދުވަހު ފާހަގަކުރާ އދ. ގެ ޕަބްލިކް ސާވިސް ދުވަހާއި ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޚާއްސަ ޕޯސްޓެއްގައެވެ.

އދ. ގެ ޕަބްލިކް ސާވިސް ދުވަހާ ގުޅުވައިގެން ރައީސް ކުރެއްވި ޕޯސްޓުގައި، ޕަބްލިކް ސާވަންޓުންނަކީ ރަނގަޅު ވެރިކަމެއްގެ ތަނބުތަކެއް ކަމަށާއި، ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލްކުރުމުގައި މުހިންމު ދައުރެއް އަދާކުރާ ބައެއްކަން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، ޤައުމުގެ ކުރިއެރުމާއި ހެވާއި ލާބައަށް ދައުލަތުގެ ޚިދުމަތްތެރިންނާއި މުއައްސަސާތަކުން ދެއްވާ އެއްބާރުލުމަށާއި އެހީތެރިކަމަށް އެމަނިކުފާނު ވަނީ ޝުކުރުއަދާކުރައްވާފައެވެ.



އދ. ގެ ޕަބްލިކް ސާވިސް ދުވަހަކީ، ޕަބްލިކް ސާވަންޓުން ކުރައްވާ މަސައްކަތް ދެނެގަނެ، އެމީހުން ކުރައްވާ މަސައްކަތުގެ އަގު ވަޒަންކުރުމުގެ އިތުރުން، ޤައުމީ ތަރައްޤީއަށް ދައުލަތުގެ ޚިދުމަތްތެރިންގެ ހިއްސާ ދެނެގަނެ، ޒުވާނުން ސަރުކާރުގެ މުއައްސަސާތަކާއި އިދާރާތަކުގައި މަސައްކަތްކުރުމަށް ހިތްވަރު ދިނުމުގެ މައިގަނޑު މަޤްސަދުގައި ފާހަގަކުރާ ދުވަހެކެވެ.

މި ދުވަހާ ދިމާކޮށް ކޮންމެ އަހަރަކުވެސް ޕަބްލިކް ސަރވިސް ފޯރަމެއް ބާއްވައެވެ. މިގޮތުން، މި އަހަރުގެ ޕަބްލިކް ސަރވިސް ފޯރަމް ބޭއްވުމަށް ހަމަޖެހިފައިވަނީ އުޒްބަކިސްތާނުގެ ސަމަރކާންޑުގައެވެ. މި ފޯރަމުގެ ޝިއާރަކީ، "2023އަށް 5 އަހަރު: ދެމެހެއްޓެނިވި މުސްތަގުބަލަކަށް ޕަބްލިކް ސާވިސްގެ ޑެލިވަރީ އަވަސްކުރުން" މިއެވެ.

                    

މި ލިޔުން ކިޔާލުމުން

Ads by MSS