Ads by Stelco

ޚަބަރު

ކަސްޓަމްސްއާއި ފުލުހުންނާއި ގުޅިގެން ކުރެވޭ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށް މުހިންމު މަޝްވަރާތަކެއް

ކަސްޓަމްސްއާއި ފުލުހުންނާއި ގުޅިގެން ކުރެވޭ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށް މުހިންމު މަޝްވަރާތަކެއް

ކަސްޓަމްސްގެ ކޮމިޝަނަރ ޖެނެރަލް ފާޠިމަތު ދިޔާނާ އަދި ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން/ފޮޓޯ: ފުލުހުން

23 ޖޫން 2025، 12:45

މޯލްޑިވްސް ކަސްޓަމްސް ސަރވިސް އާއި ދިވެހި ފުލުހުންގެ ޚިދުމަތުން ގުޅިގެން ކުރެވޭ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށް މުހިންމު މަޝްވަރާތަކެއް ކުރައްވާފިއެވެ.

މި މަޝްވަރާތައް ކުރައްވާފައިވަނީ، މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ކޮމިޝަނަރ ޖެނެރަލް ފާޠިމަތު ދިޔާނާ އަދި ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން އެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުގެ މައި އިދާރާ، ޝަހީދު ޙުސައިން އާދަމް ބިލްޑިންގ ގައި އިއްޔެ ކުރިއަށް ދިޔަ މި ބައްދަވުމުގައި، ދިވެހި ފުލުހުންގެ ޚިދުމަތާއި މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ މެދުގައި އެއްބާރުލުން އިތުރުކުރެވޭނެ ގޮތްތަކާއި ގުޅޭގޮތުން ވަނީ ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ. ހަމަ އެހެންމެ، މަސައްކަތުގެ މުހިންމު ދާއިރާތަކުގައި ގުޅިގެން ކުރެވޭ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވިއެވެ. 

މި ބައްދަލުކުރެއްވުމުގައި، ކަސްޓަމްސްގެ ކޮމިޝަނަރގެ އިތުރުން، ޑެޕިއުޓީ ކޮމިޝަނަރ އަބްދުﷲ ވަހީދު، ޑެޕިއުޓީ ކޮމިޝަނަރ މަޙްމޫދު ރިޔާޒް، އަދި ޑެޕިއުޓީ ކޮމިޝަނަރ އިބްރާހިމް މަފާޒް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS