ދުނިޔެ

ޖަޕާނަށް އައި ބިންހެލުމުގެ ޚަބަރުތައް ކަވަރުކުރަން ނޫސްވެރިޔާ ދިޔައީ ކައިވެނީގެ ރަސްމިއްޔާތު ދޫކޮށްލާފަ

ޖަޕާނަށް އައި ބިންހެލުމުގެ ޚަބަރުތައް ކަވަރުކުރަން ނޫސްވެރިޔާ ދިޔައީ ކައިވެނީގެ ރަސްމިއްޔާތު ދޫކޮށްލާފަ

ނޫސްވެރިޔާ ޗެން ޔިންގް ކައިވެނި ހެދުމުގައި ރިޕޯޓުކުރަނީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

23 ޖޫން 2025، 10:39

23 ޖޫން 2025، 10:39

ޖަޕާނަށް 2013 ވަނަ އަހަރު އައި ބިންހެލުމެއްގެ ޚަބަރުތައް ކަވަރުކުރުމަށް އެޤައުމުގެ އަންހެން ނުސްވެރިޔަކު ކައިވެނީގެ ރަސްމިއްޔާތު ދޫކޮށް ދިޔަ ކަމަށް ބުނާ ހާދިސާއެއްގެ ވާހަކަ ސޯޝަލް މީޑިއާގައި ދައުރުވާން ފަށައިފިއެވެ.  

 މިކަމަކީ 2013 ވަނަ އަހަރުގެ އޭޕްރީލް 20 ވަނަ ދުވަހު، ޗައިނާގެ ސިޗުއަން ޕްރޮވިންސްގެ ޔާއަން ސިޓީގައި 7.0 މެގްނިޓިއުޑްގެ ވަރުގަދަ ބިންހެލުމެއް އައި ވަގުތު ހިނގައިގެން ދިޔަ ކަމަކެވެ.

ބިންހެލުން އައި ވަގުތަކީ ޓީވީ ރިޕޯޓަރު ޗެން ޔިންގް އޭނާގެ ކައިވެނީގެ ރަސްމިއްޔާތައް މޭކަޕް ކޮށް ނަލަހެދި ތައްޔާރުވަމުން ދިޔަ ވަގުތެވެ. ބިން ހެލުން އައުމާއެކު ބިރުން ފިލައިގެން ދިއުމުގެ ބަދަލުގައި ޗެން ކުރި ކަމަކީ ގިނަ ބަޔަކު ހައިރާންވާ ފަދަ ކަމެކެވެ.

މައިކް ނަގައިގެން، ކައިވެނީގެ ހެދުމާއެކު ފުރިހަމައަށް ތައްޔާރުވެހުރެ ހުދު މަގުމައްޗަށް ނުކުމެ، ބިންހެލުމާއި އެކު ސިހުންލިބިފައިތިބި ރައްޔިތުންނާ އިންޓަވިއު ކުރަން ފެށިއެވެ. އަދި މި ހާދިސާ ލައިވްކޮށް ޓީވީން ދެއްކިއެވެ.

ބިންހެލުމުގެ ޚަބަރު ކަވަރުކޮށް ނިމުމުން، ޗެން އެނބުރި ގޮސް އޭނާގެ ކައިވެނީގެ ރަސްމިއްޔާތު ފުރިހަމަ ކުރިއެވެ. މި ހާދިސާއިން ދައްކުވައިދެނީ ނޫސްވެރިން އެމީހުންގެ މަސައްކަތަށް ބަހައްޓާ އިޚްލާސްތެރިކަންކަމެވެ. އަދި ޚަބަރެއް ލިބޭ ކޮންމެ ވަގުތެއްގައި، އެއީ އެމީހުންގެ ކައިވެނީގެ ދުވަސް ކަމުގައި ވިޔަސް، އެމީހުން އެކަމަށް އިޖާބަދޭކަމެވެ.

ޗެންއަށް ޤަބޫލިކުރިގޮތުގައި އެ ނާޒުކު ވަގުތުގައި އޭނާގެ މުޖުތަމަޢުއަށް މަޢުލޫމާތު ބޭނުންވާނެއެވެ. އަދި އަމިއްލަ އުފަލުގެ ކުރިން އާންމު ޚިދުމަތް އިސްކުރަން ޖެހެއެވެ. މިއީ ނޫސްވެރިކަމުގެ ދާއިރާގައި ފާހަގަކޮށްލެވޭ އެއް މިސާލެވެ.

 

 

މި ލިޔުން ކިޔާލުމުން

Ads by MSS