Ads by Stelco

ޚަބަރު

ވެލާނާ އެއަރޕޯޓުގެ އައު ޓަރމިނަލަށް ފެނުގެ ޚިދުމަތް ގުޅައި ނިންމައިފި

ވެލާނާ އެއަރޕޯޓުގެ އައު ޓަރމިނަލަށް ފެނުގެ ޚިދުމަތް ގުޅައި ނިންމައިފި

ވެލާނާ އެއަރޕޯޓުގެ އައު ޓަރމިނަލަށް ފެނުގެ ޚިދުމަތް ގުޅައި ނިންމުމުގެ ރަސްމިއްޔާތު ފޮޓޯ: އެމްއޭސީއެލް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

22 ޖޫން 2025، 01:52

22 ޖޫން 2025، 01:52

އަންނަ މަހުގެ 26 ވަނަ ދުވަހު ހުޅުވުމަށް ހަމަޖެހިފައިވާ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު އިންޓަރނޭޝަނަލް ޓަރމިނަލަށް ފެނުގެ ޚިދުމަތް ގުޅައި ނިންމައިފިއެވެ. މިކަމަށްޓަކައި ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައިވަނީ އެއަރޕޯޓުގެ ސަރަހައްދުގައެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޓަރމިނަލަށް ފެނުގެ ޚިދުމަތް ގުޅައި އިފްތިތާޙްކޮށްދެއްވީ އެމްއޭސީއެލް (މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް) ގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޝަރީފް މުޙައްމަދެވެ. މި ރަސްމިއްޔާތުގައި އެ ކުންފުނީގެ އިސްވެރިންނާއި، މިނޫންވެސް ގިނަ ބަޔަކު ވަނީ ބައިވެރިވެވަޑައިގެންފައެވެ.



އައު ޓަރމިނަލަށް ފެން ގުޅުމަށްޓަކައި 1800 މީޓަރު ދިގު ހޮޅިލައިނެއް އަޅާފައިވާއިރު، މީގެ ތެރެއިން 635 މީޓަރު ހުޅުލޭ ފަޅުތެރެއިން ދާނެއެވެ. އެމްއޭސީއެލްއިން ވިދާޅުވީ މި ހޮޅިލައިން މެދުވެރިކޮށް އައު ޓަރމިނަލަށް ސާފު ބޯފެން ލިބޭނެ ކަމަށެވެ.

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގެ އައު އިންޓަރނޭޝަނަލް ޕަސެންޖަރ ޓަރމިނަލް ހުޅުވުމަށް ހަމަޖެހިފައިވަނީ ޖުލައި 26 ވަނަ ދުވަހުއެވެ. މިހާރު ދަނީ އައު ޕެސެންޖަރ ޓަރމިނަލް ހުޅުވުމަށްޓަކައި ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ކުރަމުންނެވެ.
މި އައު ޕަސެންޖަރ ޓަރމިނަލާއެކު ރާއްޖޭގެ އިޤްތިޞާދަށް ކުރިއެރުންތަކެއް ލިބި، ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވެގެންދާނެ ކަމަށް ލަފާކުރެވެއެވެ. ސަރުކާރުން މި އަހަރު ރާއްޖެއަށް 2.3 މިލިޔަން ފަތުރުވެރިން ގެނައުމަށް އަމާޒުހިފާފައިވާއިރު، މި އައު ޓަރމިނަލުން މި އަމާޒު ހާސިލްކުރުމަށް އެހީތެރިވެދޭނެކަމަށް ބެލެވެއެވެ.

                    

މި ލިޔުން ކިޔާލުމުން

Ads by MSS