ދުނިޔެ
އިޒްރާއިލުން އަނެއްކާވެސް ލުބްނާނަށް ހަމަލާދީފި

އިޒްރާއީލުން ދެކުނު ލެބަނަންއަށް ދިން ހަމަލާ
އިޒްރާއީލުގެ ސިފައިން ލުބްނާންގެ ދެކުނުގައި ހުރި ހިޒްބުއްﷲގެ ސައިޓަކަށް ހަމަލާދީފިއެވެ.
މިހަމަލާއާއިއެކު އިޒްރައއިލުން ވަނީ އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި ބައިވެރިވެއްޖެނަމަ ނުރައްކާތެރި ނަތީޖާއެއް ކުރިމަތިވެދާނެ ކަމަށް ބުނެ ހިޒްބުއްﷲއަށް އިންޒާރުދީފައެވެ.
އިޒްރާއީލު ސިފައިންގެ ބަޔާނެއްގައި ބުނެފައިވާ ގޮތުން، އެ ގައުމުގެ ކަނޑުގެ ސިފައިންގެ އުޅަނދަކުން ރޭގަނޑުގެ ވަގުތެއްގައި ހިޒްބުއްﷲގެ ރިޒްވާން ބާރުގެ ސައިޓަކަށް ހަމަލާދީފައިވެއެވެ. އެ ސައިޓަކީ އިޒްރާއީލުގެ އާންމު ރައްޔިތުންނަށް "ޓެރަރިސްޓް ހަމަލާތައް" ދިނުމަށް ބޭނުންކުރާ ތަނެއްކަމަށް އިޒްރާއީލުން ބުނެއެވެ.
ލުބުނާންގެ ސަރުކާރުގެ ނޫސް އެޖެންސީން ހުކުރު ދުވަހު ބުނެފައިވާ ގޮތުން، އިޒްރާއީލުގެ ޑްރޯނަކުން ނަބަތިއްޔާ ސަރަހައްދުގައި މޮޓޯ ސައިކަލަކަށް ހަމަލާދިނުމުގެ ސަބަބުން އެކަކު މަރުވެ އަނެކަކަށް ޒަހަމްވެފައިވެއެވެ.
އިޒްރާއީލާއި އީރާނާ ދެމެދު ހިނގަމުންދާ ހަނގުރާމައިގެ ނުވަވަނަ ދުވަހާ ދިމާވާ ގޮތަށް މި ހަމަލާތައް ދީފައިވަނިކޮށް، އިޒްރާއީލުގެ ދިފާއީ ވަޒީރު ޔިސްރާއީލް ކަޓްސް ވަނީ އިޒްރާއީލަށް އިންޒާރުދޭ "ޓެރަރިސްޓުންނާ" މެދު ކެތްތެރިކަން ހުސްވެއްޖެ ކަމަށް ބުނެފައެވެ.
ހިޒްބުއްﷲގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް ނައީމް ގާސިމް ބުރާސްފަތި ދުވަހު ވިދާޅުވެފައިވަނީ "އެމެރިކާ އާއި އިޒްރާއީލުގެ އަނިޔާވެރި ހަމަލާތަކާ ދެކޮޅަށް އެ ޖަމާއަތުން އެކަށީގެންވާ ގޮތަށް ހަރަކާތްތެރިވާނެ" ކަމަށެވެ. ނަމަވެސް ހިޒްބުﷲގެ އިސް އޮފިޝަލަކު ރޮއިޓަރޒްއަށް ވިދާޅުވެފައިވަނީ އިޒްރާއީލަށް ހަމަލާދޭން ގަސްތު ނުކުރާކަމަށެވެ.