ދުނިޔެ

އިޒްރާއިލްގެ ހަމަލާތަކުގައި ފަތިހުން ފެށިގެން ފަލަސްތީނުގެ 21 ރައްޔިތުން ޝަހީދުވެއްޖެ

އިޒްރާއިލްގެ ހަމަލާތަކުގައި  ފަތިހުން ފެށިގެން  ފަލަސްތީނުގެ 21 ރައްޔިތުން ޝަހީދުވެއްޖެ

ޝަހީދެއްގެ އާއިލާއިން ހިތާމަފާޅުކުރަނީ---

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

21 ޖޫން 2025، 02:33

21 ޖޫން 2025، 02:33

އިޒްރާއިލްގެ ހަމަލާތަކުގައި ފަތިހުން ފެށިގެން ފަލަސްޠީނުގެ 21 ރައްޔިތުން ޝަހީދުވެއްޖެެއެވެ.

ޣައްޒާގެ ހޮސްޕިޓަލްތަކުން މަޢުލޫމާތު ދޭގޮތުގައި ފަތިހުން ފެށިގެން އިޒްރޭލުގެ ހަމަލާތަކުގައި ފަލަސްތީނުގެ 21 ރައްޔިތުން ޝަހީދުވެފައިވާއިރު މީގެ ތެރޭގައި އިންސާނީ އެހީ ލިބިގަތުމަށް މަޑުކޮށްގެން ތިބި 11 މީހުން ހިމެނެއެވެ.

އަލް-މައުމަދާނީ ހޮސްޕިޓަލްގެ މެޑިކަލް ސޯސްއަކުން ހާމަކުރި ގޮތުގައި ޣައްޒާ ސިޓީގެ ދެކުނުގައި އޮންނަ އަލް-ޒައިތޫން ސަރަހައްދަށް އިޒްރޭލުން ދިން ހަމަލާއެއްގައި 3 މީހުން ޝަހީދުވެފައިވެއެވެ.

މީގެއިތުރުން، ޣައްޒާގެ ދަރިވަރުންނަށް އިމްތިހާނުތަކުގައި ބައިވެރިވުމުގެ ފުރުސަތު ގެއްލިފައިވާކަން ފާހަގަކުރެވެއެވެ. ފަލަސްތީނުގެ އެޑިޔުކޭޝަން މިނިސްޓްރީން ހާމަކުރި ގޮތުގައި 2023 އޮކްޓޯބަރ 7 އިން ފެށިގެން އިޒްރޭލުން ޣައްޒާއާއި ވެސްޓް ބޭންކަށް ދެމުންދާ ހަމަލާތަކުގައި 16،000 އަށްވުރެ ގިނަ ދަރިވަރުން ޝަހީދުވެ، 26،000 އަށްވުރެ ގިނަ ދަރިވަރުން ޒަޚަމްވެފައިވެއެވެ.

އަދި މި ހަނގުރާމައާ ގުޅިގެން ވިދިވިދިގެން ދެވަނަ އަހަރަށް ޣައްޒާގެ ހައި ސްކޫލް ދަރިވަރުންނަށް ފައިނަލް އިމްތިހާނުތަކުގައި ބައިވެރިނުވެވޭނެއެވެ. ނަމަވެސް ވެސްޓް ބޭންކްގެ ދަރިވަރުން މިއަދު އިމްތިހާނުތަކުގައި ބައިވެރިވާނެއެވެ.

މި ހަނގުރާމައިގެ ސަބަބުން ޣައްޒާގެ ތަޢުލީމީ ނިޒާމަށް ލިބެމުންދާ ގެއްލުންތަކާއި، ކުދިންގެ މުސްތަޤުބަލަށް ކުރަމުންދާ ނޭދެވޭ އަސަރުތައް ބައިނަލްއަޤްވާމީ މުޖުތަމަޢުގެ ކަންބޮޑުވުން އިތުރުވަމުންދާކަން ފާހަގަކުރެވެއެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS