ދުނިޔެ / ވިޔަފާރި
ދުނިޔޭގެ ބާޒާރުގައި ޑޮލަރުގެ ރޭޓު މި ހަފްތާ %0.6 އުފުލޭނެކަމަށް އަންދާޒާކޮށްފި

އެމެރިކާ ޑޮލަރުގެ ނޫޓުތަކެއް ---
މެދުއިރުމަތީގެ ހަނގުރާމަ ވަރުގަދަވަމުންދިއުމާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި އެމެރިކާ ޑޮލަރުގެ ރޭޓު މި ހަފްތާގައި %0.6 އުފުލޭނެކަމަށް މާހިރުން އަންދާޒާކޮށްފިއެވެ.
އެމެރިކާ ޑޮލަރުގެ އަގު ކަނޑައެޅުމުގައި ހަ ގައުމެއްގެ ފައިސާއަށް މާކެޓުގައި އަންނަ ބަދަލުތަކަށް ރިއާޔަތްކުރެއެވެ. އެގޮތުން މި ލިސްޓުގައި ސްވިސް ފްރޭންކާއި، ޖަޕަނީޒް ޔެން އަދި ޔޫރޯ ހިމެނެއެވެ. އަދި މި ފައިސާތަކުގެ އަގުތަކަށް އަންނަ ބަދަލުތަކަށް ބަލާއިރު، ޑޮލަރުގެ ރޭޓު މުޅި ދުނިޔޭގައި އުފުލޭނެކަމަށް ވަނީ އަންދާޒާކޮށްފައެވެ.
މެދުއިރުމަތީގެ ނުތަނަވަސްކަމާ ގުޅިގެން ތެލުގެ އަގު މައްޗަށް ދިޔައެވެ. ނަމަވެސް ފާއިތުވި ހަފްތާއާ އަޅާބަލާއިރު ތެލުގެ އަގު ދެ ޕަސެންޓު ވެއްޓި، ތެޔޮ ފީފާއެއްގެ އަގު ވަނީ ދުނިޔޭގެ ބާޒާރުގައި 77 ޑޮލަރުގައި ހިފެހެއްޓިފައެވެ.
ދުނިޔޭގެ ބާޒާރުގައި ޔޫރޯއަށް %0.3 ގެ ކުރިއެރުމެއް އައިސްފައިވެއެވެ. އެގޮތުން ޔޫރޯއަކަށް 1.1519 އެމެރިކާ ޑޮލަރު ލިބެއެވެ. ޖަޕަނީޒް ޔެންގެ އަގު %0.29 ޕަސެންޓު ދަށްވެފައިވާއިރު ޑޮލަރަކަށް މިހާރު ލިބެނީ 145.44 ޔެންއެވެ. މީގެ އިތުރުން ސުވިސް ފްރޭންކްގެ އަގު ވެސް ވަނީ ވެއްޓިފައިވެއެވެ.
މިހާތަނަށް އައިއިރު އަގު ހިފެހެއްޓިފައި ވަނީ ޗައިނާގެ ޔުއާން އާއި ބްރިޓީޝް ޕައުންޑުގެއެވެ.