Ads by Stelco

ޚަބަރު

ޖަލުތަކުގައި ހިންގާ ރިހެބިލިޓޭޝަން ޕްރޮގްރާމްތައް ހަރުދަނާ ކުރުމަށް އޮފިސަރުންނަށް ޓްރޭނިންގ ޕްރޮގްރާމެއް ހިންގައިފި

ޖަލުތަކުގައި ހިންގާ ރިހެބިލިޓޭޝަން ޕްރޮގްރާމްތައް ހަރުދަނާ ކުރުމަށް އޮފިސަރުންނަށް ޓްރޭނިންގ ޕްރޮގްރާމެއް ހިންގައިފި

ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކުރުން/ފޮޓޯ: އެމްސީއެސް

20 ޖޫން 2025، 05:17

ޖަލުތަކުގައި ހިންގާ ރިހެބިލިޓޭޝަން ޕްރޮގްރާމްތައް އިތުރަށް ހަރުދަނާ ކުރުމަށް އޮފިސަރުންނަށް ޓްރޭނިންގ ޕްރޮގްރާމެއް ހިންގައިފިއެވެ.

މި ޕްރޮގްރާމަކީ، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ޖަލުތަކުގައި ޤައިދީންނަށް ރިހެބިލިޓޭޝަން ޕްރޮގްރާމް ހިންގުމުގައި ހަރަކާތްތެރިވާ އޮފިސަރުންނަށް ޚާއްސަކޮށް "އެންހޭންސިންގ ދަ ރޯލް އޮފް ޕްރިޒަން އޮފިސަރސް އިން އޮފެންޑަރ ރިހެބިލިޓޭޝަން" ގެ ނަމުގައި ކުރިއަށްދިޔަ ޕްރޮގްރާމެކެވެ. މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) އިން ވިދާޅުވީ، 3 ޖަލާއި ހެޑް އޮފީހުގެ އޮފިސަރުން ހިމެނޭ ގޮތަށް މި ޓްރޭނިންގ ޕްރޮގްރާމްގައި ޖުމްލަ 16 ބައިވެރިން ހިމެނޭކަމަށެވެ.

އެމްސީއެސް އިން ވދާޅުވީ، މި ޓްރޭނިންގ ޕްރޮގްރާމްގެ މައިގަނޑު މަގްސަދަކީ ޤައިދީން އިސްލާހުކުރުމަށް ޖަލުތަކުގައި ހިންގާ ރިހެބިލިޓޭޝަން ޕްރޮގްރާމްތައް މިހާރަށްވުރެއް ހަރުދަނާކުރުން ކަމަށެވެ. ހަމަ އެހެންމެ، އެ ޓްރޭނިންގ ޕްރޮގްރާމްތައް ހިންގުމުގައި ހަރަކާތްތެރިވާ އޮފިސަރުންނަށް ރިހެބިލިޓޭޝަންގެ ޒަމާނީ އުކުޅުތައް ދަސްކޮށްދީ، އެ އޮފިސަރުންގެ ޤާބިލިއްޔަތު ކުރިއެރުވުމަށް މި ޕްރޮގްރާމްގެ ޒަރީޢާއިން މަގުފަހިވެގެން ގޮސްފައިވާކަމަށް ވިދާޅުވިއެވެ.

މި ޕްރޮގްރާމްގައި ބައިވެރިންނަށް ސެޓްފިކެޓް ދީފައިވާއިރު، ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވާފައިވަނީ ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރުއެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS