ދުނިޔެ

ގެއިން ނުކުތީ ގޮދަން ފުށް ބަސްތާއެއް ހޯދުމަށްއެދި، އެނބުރި އައީ ޒުވާން މުޙައްމަދުގެ ޝަހީދުވެފައިވާ ހަށިގަނޑު

ގެއިން ނުކުތީ ގޮދަން ފުށް ބަސްތާއެއް ހޯދުމަށްއެދި، އެނބުރި އައީ ޒުވާން މުޙައްމަދުގެ ޝަހީދުވެފައިވާ ހަށިގަނޑު

ޝަހީދު މުޙައްމަދު ޔޫސުފް އަލްޒަޣާނީން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

19 ޖޫން 2025، 05:07

19 ޖޫން 2025، 05:07

ފަލަސްޠީނުގެ ބައިތް ހަނޫންއަށް ނިސްބަތްވާ މުޙައްމަދު ޔޫސުފް އަލްޒަޣާނީން ގެއިން ނުކުތީ އާއިލާއަށް ކާންދޭނެ ގޮދަން ފުށްކޮޅެއް ހޯދުމަށެވެ. 

ނަމަވެސް އާއިލާއަށް ގޮދަންފުށް ލިބުމުގެ ބަދަލުގައި ޢާއިލާއާއި ހިސާބަށް ފޯރައިފައިވަނީ 20 އަހަރުގެ މުޙައްމަދުގެ ޝަހީދުވެފައިވާ ހަށިގަނޑެވެ. 

ޝަހީދުވެފައިވާ މުޙައްމަދުގެ ހަށިގަނޑު އުފުލަމުން އައި މަންޒަރަކީ ހިތްދަތިމަންޒަރެކެވެ. މުޙައްމަދުގެ ހަށިގަނޑު ލަކުޑި ފޮށްޓެއްގެ މަތީގައި އުފުލަމުންދާ މަންޒަރު ވީޑިއޯތަކުން ފެނެއެވެ. އޭނާ ޝަހީދުވެގެން ދިޔައީ އޭނާގެ އާއިލާއަށް ގޮދަން ފުށް ހޯދަން މަސައްކަތް ކުރަމުންދަނިކޮށް އިޒްރާއިލްގެ ސްނައިޕަރެއްގެ ވަޒަނުންނެވެ.

މުޙައްމަދުގެ އަތުގައި އެއްވެސް ހަތިޔާރެއް ނެތެވެ. އަދި އޭނާއަކީ އެއްވެސް ނުރައްކަލެއް ކުރިމަތިކުރުވާނެ މީހެއްވެސް ނޫނެވެ. އޭނާ އެތަނުގައި ހުރީ އެހީގެ ތަކެތި ބަހާ ޕޮއިންޓަކުން ގޮދަން ފުށް ކޮތަޅެއް ލިބޭތޯ މަޑުކޮށްގެންނެވެ. އެ ފުށް ކޮތަޅަކީ އޭނާގެ މަންމައާއި އެއްބަނޑު އެއްބަފާ 7 އަންހެން ކުދިންނަށް ގެންދިއުމަށްޓަކައި އޭނާ ހޯދަން މަސައްކަތްކުރި ފުށް ކޮތަޅެކެވެ. 

 ނަމަވެސް އިޒްރާއިލްގެ ސިފައިން އަމާޒުކުރި ވަޒަން މުޙައްމަދުގެ މެޔަށް އަރައި އެއާއިލާގެ ހަމައެކަނި ފިރިހެން ދަރިފުޅުގެ ފުރާނަ ގެއްލުނީއެވެ. 

މުޙައްމަދު ޝަހީދުވެގެންދިޔަ  މަންޒަރު ސޯޝަލް މީޑިއާގައި ފެތުރިގެން ދިއުމާއެކު،  ފަލަސްޠީނު އަދި އަރަބި އެތައް އެކްޓިވިސްޓުން ރުޅިވެރިކަން ފާޅުކޮށްފައިވެއެވެ. އެމީހުން މި މަންޒަރު ސިފަކޮށްފައިވަނީ "މަރުގެ ދަތުރެއް" ގެ ގޮތުގައެވެ. 

އެހީގެ ތަކެތި ބަހާ ތަންތަނުގައި މިފަދަ ހާދިސާތައް ހިނގަމުންދާކަމަށް ބުނެ، އެތަންތަނަކީ "މަރުގެ މަރުކަޒުތަކެއް" ކަމަށް އެމީހުން ސިފަކޮށްފައިވެއެވެ.

މުޙައްމަދުގެ މަންމަ އޭނާ އެނބުރި އަންނާނެކަމަށް އުއްމީދުކޮށްގެން މަޑުކޮށްގެން ހުއްޓެވެ. ނަމަވެސް އޭނާ އެނބުރި އައީ ކަފަނުގައި ބަންދުކުރެވިގެނެވެ. މި ހިތާމަވެރި ހާދިސާއާ ގުޅިގެން ފަލަސްޠީނު އަހުލީ ޖަމްޢިއްޔާތަކުގެ ނެޓްވޯކުން ވަނީ ޣައްޒާގައި އެހީގެ ތަކެތި ބެހުމުގެ މިހާރުގެ ނިޒާމަކީ އާންމު ރައްޔިތުންގެ ފުރާނައަށް ސީދާ ނުރައްކާވެފައިވާ ކަމެއްކަމަށް ބުނެފައެވެ.

އެ ނެޓްވޯކުން ގޮވާލާފައިވަނީ މި ހާދިސާތަކާ ގުޅޭގޮތުން ބައިނަލްއަޤްވާމީ ތަޙުޤީޤެއް ހިންގުމަށާއި، އެހީގެ ތަކެތި ފޯރުކޮށްދިނުމަށް ހުރި ހުރަސްތައް ނައްތާލުމަށެވެ. އަދި އެހީގެ ތަކެތި ރައްކާތެރިކަމާއެކު ބެހޭނެ ގޮތްތަކެއް ހަމަޖެއްސުމަށްވެސް އެ ނެޓްވޯކުން ވަނީ ގޮވާލާފައެވެ.

 

 

މި ލިޔުން ކިޔާލުމުން

Ads by MSS