Ads by Stelco

ޚަބަރު

މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ރާއްޖެ އައި ފަތުރުވެރިންގެ ޢަދަދަށް %16.7 ކުރިއެރުމެއް

މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ރާއްޖެ އައި ފަތުރުވެރިންގެ ޢަދަދަށް %16.7 ކުރިއެރުމެއް

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ފަތުރުވެރިންތަކެއް/ފޮޓޯ: އެޓޯލް ޓައިމްސް

19 ޖޫން 2025، 11:43

މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ރާއްޖެ އައި ފަތުރުވެރިންގެ ޢަދަދަށް %16.7 ކުރިއެރުމެއް ލިބިފައިވާކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އެ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިމަހުގެ މިހާތަނަށް މުޅި ޖުމްލަ ރާއްޖެ އަށް 80,909 ފަތުރުވެރިން އައިސްފައިވާއިރު، މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް އައިސްފައިވަނީ 69,317 ފަތުރުވެރިންނެވެ. އެހެންކަމުން، މިއީ މިދިޔަ އަހަރުގެ ި މުއްދަތާ އަޅާބަލާއިރު 16.7 އިންސައްތަ އިތުރު ޢަދަދެކެވެ.

މީގެ އިތުރުން އެ ވުޒާރާގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަހަރުގެ މިހާތަަނަށް ރާއްޖެއަށް ވަނީ 1 މިލިއަނަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. އެގޮތުން، އަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ ޢަދަދު 1,047,267 އަށް އަރާއިރު، މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ ޖުމްލަ ޢަދަދަކީ 961,560 އެވެ. އެހެންކަމުން، މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު މިއީ 8.9 އިންސައްތަ އިތުރުވުމެކެވެ.

މިއަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވާ 5 ޤައުމު:

  • ޗައިނާ – 127,702 ފަތުރުވެރިން
  • ރަޝިއާ – 117,953 ފަތުރުވެރިން
  • އިނގިރޭސިވިލާތު – 104,098 ފަތުރުވެރިން
  • އިޓަލީވިލާތު – 84,458 ފަތުރުވެރިން
  • ޖަރުމަންވިލާތު – 79,696 ފަތުރުވެރިން

މި އަހަރުގެ ފުރަތަމަ 2 މަސްދުވަހުގެ ތެރޭގައި ވެސް ރާއްޖެއަށް 2 ލައްކައަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، ސަރުކާރުގެ އަމާޒަކީ މިއަހަރު ރާއްޖެއަށް 2.3 މިލިއަން ފަތުރުވެރިން ގެނައުމެވެ. އަދި މިކަން ކާމިޔާބުކުރުމަށްޓަކައި ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS