ދުނިޔެ

އިޒްރާއީލުގައި ތިބި އެމެރިކާ ރައްޔިތުން އަވަހަށް ފުރުވާލަން ރާވައިފި

އިޒްރާއީލުގައި ތިބި އެމެރިކާ ރައްޔިތުން އަވަހަށް ފުރުވާލަން ރާވައިފި

ޔައްފާގައި އޮންނަ ބެން ގޫރިއަން އެއަރޕޯޓް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

19 ޖޫން 2025، 12:09

19 ޖޫން 2025، 12:09

އިޒްރާއީލާއި އީރާނާ ދެމެދު ހަނގުރާމައިގެ ބިރުވެރިކަން އިތުރުވަމުން ދާ ދަނޑިވަޅެއްގައި، އިޒްރާއީލުގައި ތިބި އެމެރިކާގެ ރައްޔިތުން ވައިގެ މަގުންނާއި ކަނޑު މަގުން އެ ގައުމުން ފުރުވާލުމަށް އެމެރިކާގެ ސަރުކާރުން ރާވައިފިއެވެ.

 މިކަން މިއަދު އިޒްރާއީލުގައި ހުންނަ އެމެރިކާގެ ސަފީރު މައިކް ހަކަބީ ވަނީ މިކަން އިއުލާނު ކޮށްފައެވެ.

އެކްސްގައި ކުރި ޕޯސްޓެއްގައި ސަފީރު ހަކަބީ ވިދާޅުވީ، އެމެރިކާގެ އެމްބަސީއިން މިހާރު ދަނީ އެމެރިކާގެ ރައްޔިތުން ފުރުވާލުމުގެ އިންތިޒާމުތައް ހަމަޖައްސަމުންކަމަށެވެ. އަދި އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓްގެ ދަތުރުފަތުރުގެ ޕްރޮގްރާމްގައި ރަޖިސްޓްރީވެ، އެންމެ ފަހުގެ މައުލޫމާތު ހޯދުމަށް އެމެރިކާގެ ރައްޔިތުންނަށް ގޮވާލައިފައިވެއެވެ.

މީގެ ކުރިން އިޒްރާއީލުގައި ހުންނަ އެމެރިކާގެ އެމްބަސީއިން ބުނެފައިވަނީ، މި ވަގުތު އެމެރިކާގެ ރައްޔިތުން ފުރުވާލުމުގެ ޤާބިލުކަން އެމްބަސީއަށް ލިބިފައި ނުވާ ކަމަށެވެ. އަދި އެމެރިކާގެ ރައްޔިތުންނަށް އިޒްރާއީލުން ފުރުމަށް ސީދާ އެހީތެރިކަން ފޯރުކޮށްދެވޭނެ ހާލަތެއްގައި ނޫންކަމަށް ވެސް ބުނެފައިވެއެވެ.

އިޒްރާއީލާއި އީރާނާ ދެމެދު އޮތް ހަނގުރާމައިގެ ބިރުވެރިކަމާ ގުޅިގެން، ޔޫރަޕުގެ ގިނަ ގައުމުތަކުންވެސް ވަނީ އެ ގައުމުތަކުގެ ރައްޔިތުން އިޒްރާއީލުން ފުރުވާލަން ފަށާފައެވެ. 

މިގޮތުން ގްރީސްއިން ވަނީ 105 ރައްޔިތުން ފުރުވާލާފައެވެ. މީގެ އިތުރުން އަލްބޭނިއާ، އޮސްޓްރިއާ، ބެލްޖިއަމް، ޖަރުމަނު، ސައިޕްރަސް، ޖޯޖިއާ، ހަންގޭރީ، އިޓަލީ، ލިތުއޭނިއާ، ރޮމޭނިއާ، ސުވިޑަން އަދި ސުވިޒަލޭންޑްގެ ރައްޔިތުންވެސް ވަނީ ފުރުވާލާފައެވެ.

އަދި އިނގިރޭސިވިލާތުން ވަނީ އިޒްރާއީލުގައި ހުންނަ އެ ގައުމުގެ އެމްބަސީ އަދި ކޮންސިއުލޭޓްގެ މުވައްޒަފުންގެ އާއިލާތައް ވަގުތީ ގޮތުން އެ ގައުމުން ފުރުވާލާނެކަމަށް އިއުލާނުކޮށްފައެވެ. މިއީ އިޒްރާއީލާއި އީރާނާ ދެމެދު އޮތް ހަނގުރާމައިގެ ނުރައްކަލަށް ރިއާޔަތްކޮށް ނިންމި ނިންމުމެއް ކަމަށް އިނގިރޭސިވިލާތުން ބުނެފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS