ދުނިޔެ

އަމިއްލަ ދިފާއުގައި ހަނގުރާމަ ކުރުމުގެ ހައްޤު އީރާނަށް ލިބިގެންވޭ: އުރްދުޣާން

އަމިއްލަ ދިފާއުގައި ހަނގުރާމަ ކުރުމުގެ ހައްޤު އީރާނަށް ލިބިގެންވޭ: އުރްދުޣާން

ރަޖަބް ޠައްޔިބް އޮރްދުޣާން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

18 ޖޫން 2025، 08:54

18 ޖޫން 2025، 08:54

އިޒްރާއިލްެގެ ޢުދުވާނީ ހަމަލާތަކަށް ރައްދުދީ އަމިއްލަ ދިފާއުގައި މަސައްކަތް ކުރުމުގެ ހައްޤު އީރާނަށް ލިބިގެންވާކަމަށް ތުރުކީވިލާތުގެ ރައީސް ރަޖަބް ޠައްޔިބް އޮރްދުޣާން ވިދާޅުވެެއްޖެއެވެ.

 އޮރްދުޣާން ވިދާޅުވެފައިވަނީ އިޒްރާއީލުގެ ޢުދުވާނީ ޙަމަލާތަކާ ދެކޮޅަށް އަމިއްލަ ދިފާއުގައި މަސައްކަތް ކުރުމުގެ ޙައްޤު އީރާނަށް ލިބިގެންވާ ކަމަށެވެ. އަދި އިޒްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫގެ އަނިޔާވެރިކަން ނާޒީ ލީޑަރު އެޑޮލްފް ހިޓްލަރަށްވުރެ މާ ބޮޑު ކަމަށްވެސް އޮރްދުޣާން ވިދާޅުވިއެވެ.

ބުދަ ދުވަހު ޕާލަމެންޓުގައި ތުރުކީވިލާތުގެ ވެރިކަންކުރާ ޖަސްޓިސް އެންޑް ޑިވެލޮޕްމަންޓް ޕާޓީގެ މެންބަރުންނާ މުޚާތަބުކުރައްވަމުން، އޮރްދުޣާން ވިދާޅުވީ އިޒްރާއީލުގެ "ކޮސް" އަދި ޣައިރު ޤާނޫނީ ޙަމަލާތަކާއި "ދައުލަތުގެ ޓެރަރިޒަމް" އާ ދެކޮޅަށް އީރާން ދިފާއުވަމުންދާ ކަމަށެވެ. އަދި އީރާނުގެ މި ދިފާއީ ޢަމަލުތަކަކީ ޠަބީޢީ، ޤާނޫނީ އަދި ޢަމަލުތަކެއް ކަމަށް އޮރްދުޣާން ވިދާޅުވިއެވެ.

ތުރުކީގެ ރައީސް ފާހަގަކުރެއްވި ގޮތުގައި، އިޒްރާއީލުން ވަނީ އެމެރިކާއާއި އިރާނާއި ދެމެދު ހިނގަމުންދާ ނިއުކްލިއަރ މަޝްވަރާތައް ނިމުމަކަށް އައުމަށް ނުވެސް ބަލައި، ތުރުކީގެ އަވައްޓެރި ޤައުމު ކަމުގައިވާ އީރާނަށް ޙަމަލާދީފައިވާކަމަށެވެ.

 އަދި ތުރުކީއިން ބޭނުންވަނީ މައްސަލަތައް ޑިޕްލޮމެޓިކް ގޮތުން ޙައްލުކުރުމަށް ކަމަށާއި، ޙައްލެއް ހޯދުމަށް އެހީތެރިވުމަށް ތައްޔާރަށް ތިބި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އިޒްރާއީލާއި އީރާނާ ދެމެދު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ދިމާވެދާނެ ނޭދެވޭ ކަންކަމަށް ތައްޔާރަށް ތިބިކަމަށް އޮރްދުޣާން ވިދާޅުވިއެވެ. އަދި އިޒްރާއީލުގެ "ޓެރަރިސްޓް ޙަމަލާތައް" ގާތުން ބަލަމުންދާ ކަމަށާއި، އޭގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތަކަށް ތުރުކީގެ ހުރިހާ މުއައްސަސާތަކެއް ވަނީ ފުލް އެލާޓްގައި ކަމަށްވެސް ވިދާޅުވިއެވެ.

މީގެއިތުރުން، އިޒްރާއީލުގެ ފާޅުކަން ބޮޑު އަނިޔާވެރި ޢަމަލުތަކާ ދެކޮޅަށް އދ އާއި ބައިނަލްއަޤްވާމީ މުއައްސަސާތަކާއި ދުނިޔޭގެ ޤައުމުތަކުން އަޑުއުފުލާފައި ނުވާތީ އޮރްދުޣާން ވަނީ ފާޑުވިދާޅުވެފައެވެ. އަދި މިހާރު ތުރުކީއާއި އެ ޤައުމުގެ ވައިގެ ސަރަހައްދު ރައްކާތެރިކުރުމަށް އެ ޤައުމުގައި އުފައްދާ ވައިގެ ދިފާއީ ނިޒާމުތައް ބޭނުންކުރާ، ފުރިހަމަ ދިފާއީ ނިޒާމެއް ޤާއިމުކޮށްފައިވާ ޤައުމެއް ކަމަށްވެސް ވިދާޅުވިއެވެ. 

މި ލިޔުން ކިޔާލުމުން

Ads by MSS