Ads by Stelco

ޚަބަރު

ދަރަނި ދައްކަމުން ތަރައްޤީގެ މަޝްރޫޢުތައް ވިސްނުންތެރިކަމާއެކު ދަނީ ކުރިއަށް : ސިއްޙީ ވަޒީރު

ދަރަނި ދައްކަމުން ތަރައްޤީގެ މަޝްރޫޢުތައް ވިސްނުންތެރިކަމާއެކު ދަނީ ކުރިއަށް : ސިއްޙީ ވަޒީރު

ސިއްޙީ ވަޒީރު ޢަބްދުﷲ ނާޒިމް އިބްރާހިމް ފޮޓޯ: އެޑިޝަން

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

17 ޖޫން 2025، 10:48

17 ޖޫން 2025، 10:48

ދައްކަންޖެހޭ ދަރަނިތައް ދައްކަމުން ތަރައްޤީގެ މަޝްރޫޢުތައް ވިސްނުންތެރިކަމާއެކު މި ސަރުކާރުން ހިންގަވަމުން ގެންދަވާކަމަށް ސިއްޙީ ވަޒީރު ޢަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ވަޒީރު މިފަދައިން ވިދާޅުވީ  ރޭ ބޭއްވުނު ވެރިކަން ކުރާ ޕާޓީ، ކޮންގްރެސް ޕާޓީގެ ހަރުގެ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.
ސިއްޙީ ވަޒީރު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވިއިރު ރާއްޖެ އޮތީ ވަރަށް ބޮޑަށް ދަރަނިވެރިވެ، ހާސްކަމެއްގެ ތެރޭގައި ކަމަށެވެ. އެގޮތުން ރައީސް ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު 120 ބިލިއަނަށް ވުރެ ގިނަ ރުފިޔާގެ ދަރަނި ދައްކަން ޖެހިފައި އޮތްކަން ވަޒީރު ފާހަގަކުރެއްވިއެވެ.

އެހެންނަމަވެސް ޤައުމު އޭރު އޮތް ހާލަތުން އަރައިގަނެ އަލުން ޤައުމު ކޮޅަށް ޖެހުމުގެ މަސައްކަތް އެމަނިކުފާނު ފެއްޓެވި. ދައްކަންޖެހޭ ދަރަނިތައް ދައްކަމުން ތަރައްޤީގެ މަޝްރޫޢުތައް ވިސްނުންތެރިކަމާއެކު މި ސަރުކާރުން ހިންގަވަމުން ގެންދަވާ  

ވަޒީރު


ވަޒީރު އިތުރަށް ވިދާޅުވީ ޤައުމުގެ ޙަޤީޤީ ތަރައްޤީ ގުޅިފައިވަނީ ޢުމްރާނީ ތަރައްޤީއަކާ ނޫންކަމަށާއި ނިޒާމަށް ގެންނަން ޖެހޭ އެތައް ބަދަލުތަކެއް ހުރިކަން ތަކުރާރުކޮށް ރައީސް ވިސްނަވައިދެއްވަމުން ގެންދެވިކަމަށެވެ. އޭގެ ތެރޭގައި ސިއްޙީ ނިޒާމުގައި ހުރި ގޮންޖެހުންތަކަށް ހައްލު ހޯދުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތައް ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރު ވިދާޅުވީ މި ސަރުކާރަކީ ވަކި ބަޔަކަށް ބަރޯސާވާނެ ސަރުކާރެއް ނޫންކަމަށެވެ. އަދި ޤައުމުތަކާއެކު ހަމަހަމަ ނިޒާމެއްގެ ތެރެއިން ރާއްޖޭގެ ފޮރިން ޕޮލިސީ ހިފަހައްޓަމުން ޤައުމުގެ ހައްޤުގައި ބައިނަލްއަޤްވާމީ ޕްލެޓްފޯމްތަކުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަކާލާތު ކުރައްވަމުން ގެންދަވަނީ ފަހުގެ ތާރީޚެއްގައި ރާއްޖޭގެ އެއްވެސް ވެރިއަކު ނުދައްކަވާ ފަދަ ހަރުދަނާ ސިޔާސަތުތަކެއްކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

                    

މި ލިޔުން ކިޔާލުމުން

Ads by MSS