Ads by Stelco

ޚަބަރު

ޕްލާސްޓިކް ކޮތަޅު ބޭނުންކުރާ މިންވަރު މަދުވަނީ: ފީ ނެގުމުގެ ނަތީޖާ ފެންނަން ފަށައިފި

ޕްލާސްޓިކް ކޮތަޅު ބޭނުންކުރާ މިންވަރު މަދުވަނީ: ފީ ނެގުމުގެ ނަތީޖާ ފެންނަން ފަށައިފި

ޕްލާސްޓިކް ކޮތަޅު

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

17 ޖޫން 2025، 10:33

17 ޖޫން 2025، 10:33

ރާއްޖޭގައި ޕްލާސްޓިކް ކޮތަޅު ބޭނުންކުރާ މިންވަރު މަދުވަމުން އަންނަކަން މީރާގެ 2024 ވަނަ އަހަރުގެ އަހަރީ ރިޕޯޓުން ހާމަވެއްޖެއެވެ. ތިމާވެށި ހިމާޔަތްކުރުމަށްޓަކައި 2023 ވަނަ އަހަރުގެ އޭޕްރީލް މަހުން ފެށިގެން އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ކޮތަޅުން 2 ރުފިޔާގެ ފީއެއް ނަގަން ފެށުމާ ގުޅިގެން މި ބަދަލު އައިސްފައިވާކަން ފާހަގަކުރެވެއެވެ.

މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އާންމުކޮށްފައިވާ 2024 ވަނަ އަހަރުގެ އަހަރީ ރިޕޯޓުގައިވާ ގޮތުން، 2024 ވަނަ އަހަރު ޕްލާސްޓިކް ކޮތަޅު ފީގެ ގޮތުގައި ބަލައިގަނެފައިވަނީ 9.19 މިލިއަން ރުފިޔާއެވެ. މިއީ 2023 ވަނަ އަހަރު ލިބުނު 12.66 މިލިއަން ރުފިޔާއާ އަޅާބަލާއިރު 27.4   އިންސައްތަ ދަށް އަދަދެކެވެ.

މީރާގެ ރިޕޯޓުން އިތުރަށް ދައްކާގޮތުގައި، ޖީއެސްޓީއަށް ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކުން ޕްލާސްޓިކް ކޮތަޅު ފީގެ ގޮތުގައި 2024 ވަނަ އަހަރު ރިޕޯޓްކޮށްފައިވާ އަދަދަކީ 2023 ވަނަ އަހަރާ އަޅާބަލާއިރު 28.8 އިންސައްތަ ދަށް އަދަދެކެވެ. މި ތަފާސްހިސާބުތަކުން ދައްކައިދެނީ ޕްލާސްޓިކް ކޮތަޅު ބޭނުންކުރާ މިންވަރު ދަށްވަމުން އަންނަކަމެވެ.

ޕްލާސްޓިކް ކޮތަޅުން ފީ ނެގުމުގެ މައިގަނޑު މަޤްޞަދަކީ ތިމާވެށްޓަށް ލިބޭ ގެއްލުން ކުޑަކުރުމާއި، ރާއްޖެއަށް ޕްލާސްޓިކް ކޮތަޅު އެތެރެކުރާ މިންވަރު މަދުކުރުމެވެ. މި ފިޔަވަޅުގެ ސަބަބުން ރާއްޖޭގައި ޕްލާސްޓިކް ކޮތަޅު ބޭނުންކުރާ މިންވަރު މަދުވަމުން އަންނަކަން މި ތަފާސްހިސާބުތަކުން ސާފުވެއެވެ.


                    

މި ލިޔުން ކިޔާލުމުން

Ads by MSS