ދުނިޔެ

ސަތޭކަ އަހަރަށްފަހު "ލޭޑީސް-ސްލިޕަރ" އޯކިޑެއް ފެނިއްޖެ

ސަތޭކަ އަހަރަށްފަހު "ލޭޑީސް-ސްލިޕަރ"  އޯކިޑެއް ފެނިއްޖެ

"ލޭޑީސް-ސްލިޕަރ އޯކިޑް"

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

16 ޖޫން 2025، 07:13

16 ޖޫން 2025، 07:13

ސަތޭކަ އަހަރަށްފަހު އިނގިރޭސިވިލާތުގެ ޖަންގައްޔަކުން މަދުންފެންނަ އޯކިޑް މަލެއް ފެނިފައިވާ ކަމަށް މާހިރުން ބުނެފިއެވެ. މި މަލަކީ ރީނދޫ އަދި މުށި ކުލައިގެ "ލޭޑީސް-ސްލިޕަރ އޯކިޑް" ގެ ނަމުން މަޝްހޫރު މަލެކެވެ. މީގެ މަލެއް އެންމެ ފަހުން ފެނިފައިވަނީ 1900 ގެ އަހަރުތަކުގެ ތެރޭގައި ކަމަށް ވެއެވެ.

ބައިނަލްއަޤްވާމީ މީޑިއާތަކުގެ ރިޕޯޓުތަކުގައި ބުނެފައިވާ ގޮތުގައި، މިދިޔަ ސަތޭކަ އަހަރުގެ ތެރޭގައި މި މާ އިނގިރޭސިވިލާތުން ނެތިގެން ގޮސްފައިވާ ކަމަށް ޤަބޫލުކުރެވެއެވެ. ނަމަވެސް، 1930 ގައި އިނގިރޭސިވިލާތުގެ އުތުރުގައިވާ ޔޯކްޝަޔަރ ޑޭލްސްގެ އެކަހެރި ސަރަޙައްދަކުން އެންމެ ގަހެއް ފެނުނެވެ. އޭގެ ފަހުން، މި ގަސް ބެހެއްޓުނު ވަކި ތަނެއް ނޭގޭ ގޮތަށް ސިއްރުކޮށް، ވަގަށް ނެގުމުން ސަލާމަތްކުރުމަށްޓަކައި 24 ގަޑިއިރު ބެލެހެއްޓުމުގެ ދަށުގައި ބޭއްވުނެވެ.

ޔޯކްޝަޔަރ ވައިލްޑްލައިފް ޓްރަސްޓުން މިދިޔަ ހޫނު މޫސުމުގައި މި އޯކިޑް އަލުން ހޯދާފައިވެއެވެ. މާހިރުން މި އޯކިޑް ސިފަކުރަނީ އުންމީދުގެ ނިޝާނެއްގެ ގޮތުގައެވެ. އަދި މި އޯކިޑް މެދުވެރިކޮށް އެ ސަރަޙައްދުގައި މި ބާވަތުގެ މަލުގެ އާބާދީ އިތުރުކޮށް ފުޅާކުރެވިދާނެ ކަމަށް އެ ފަރާތްތަކުން ބުނެއެވެ.

                    

މި ލިޔުން ކިޔާލުމުން

Ads by MSS