Ads by Stelco

ޚަބަރު

އައު ޓާމިނަލްގެ އޮޕަރޭޝަންތަކާ އަހުލުވެރިކުރުވުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮއްސި

އައު ޓާމިނަލްގެ އޮޕަރޭޝަންތަކާ އަހުލުވެރިކުރުވުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮއްސި

އަހުލުވެރިކުރުވުމުގެ ޕްރޮގްރާމް ފޮޓޯ:އެމްއޭސީއެލް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

16 ޖޫން 2025، 03:37

16 ޖޫން 2025، 03:37

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޕެސެންޖަރ ޓާމިނަލްގެ އޮޕަރޭޝަންތަކާ އަހުލުވެރިވުމުގެ ޓުއަރ މިއަދު ވެސް ކުރިއަށްދިޔައެވެ. މިއަދުގެ ޓުއަރގައި ބައިވެރިވެފައިވަނީ އައިލެންޑް އޭވިއޭޝަންގެ ފަރާތުންނެވެ.

މި ޓުއަރގައި އައު ޓާމިނަލްގެ މުހިންމު ސަރަހައްދުތަކާއި ވަސީލަތްތަކާ ބެހޭ މަޢުލޫމާތު ދެވުނެވެ. މީގެ ތެރޭގައި ޕަސިންޖަރުންގެ ދަތުރުފަތުރުގެ މަގުފަހިކަމާއި، އެއަރލައިން އޮޕަރޭޝަންތައް އިތުރަށް ހަރުދަނާކުރުމަށް ބޭނުންވާ ވަސީލަތްތަކާ ބެހޭ މަޢުލޫމާތު ހިމެނެއެވެ.

އައު ޓާމިނަލްގެ މަސައްކަތް ނިމި، ހުޅުވުމަށް ތައްޔާރުވަމުންދާ މި ދަނޑިވަޅުގައި، އެކި އެއަރލައިންތަކާއި ކަމާގުޅޭ އިދާރާތަކަށް ޓާމިނަލްގެ އޮޕަރޭޝަންތަކާ އަހުލުވެރިވުމުގެ ފުރުސަތު ދެމުން ގެންދެއެވެ. މިކަމުގެ މިކަމުގެ މަޤްޞަދަކީ އައު ޓާމިނަލް ހުޅުވުމާއެކު، އޭގެ ޚިދުމަތްތައް އެންމެ އެދެވޭ ގޮތުގައި ފޯރުކޮށްދިނުމެވެ.




ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޕެސެންޖަރ ޓާމިނަލް ހުޅުވުމުގެ މަސައްކަތްތައް ކުރިއަށްދާއިރު، އިތުރު އެއަރލައިންތަކާއި ކަމާގުޅޭ އެހެނިހެން ފަރާތްތަކަށް ވެސް މިފަދަ ޓުއަރތައް ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފައެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ އާ ޓާމިނަލް މިއަހަރުގެ މިނިވަން ދުވަހު ރަސްމީކޮށް ހުޅުވާނެ ކަމަށް އެމްއޭސީއެލް އިން ވަނީ ބުނެފައެވެ.

                    

މި ލިޔުން ކިޔާލުމުން

Ads by MSS