Ads by Stelco

ޚަބަރު

ވ. އަތޮޅުގެ ހުރިހާ ރަށެއްގެ ބަނދަރު ސަރަހައްދުގައި ސީސީޓީވީ ކެމެރާ ހަރުކުރަނީ

ވ. އަތޮޅުގެ ހުރިހާ ރަށެއްގެ ބަނދަރު ސަރަހައްދުގައި ސީސީޓީވީ ކެމެރާ ހަރުކުރަނީ

ވާވު އަތޮޅު ރަކީދޫ ފޮޓޯ: ވަރޗުއަލް މޯލްޑިވްސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

16 ޖޫން 2025، 03:14

16 ޖޫން 2025، 03:14

ވ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށުގެ އިޖްތިމާޢީ ރައްކާތެރިކަން އިތުރުކުރުމަށްޓަކައި، އަތޮޅު ކައުންސިލުން ޚަރަދުކޮށްގެން ހުރިހާ ރަށެއްގެ ބަނދަރު ސަރަހައްދުގައި ސީސީޓީވީ ކެމެރާ ހަރުކުރުމަށް ވަނީ ނިންމައިފައެވެ. މި މަޝްރޫޢުގެ މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުން މިއަދު ބޭއްވުނެވެ.

އަތޮޅު ކައުންސިލުން މިކަމަށް ކުރި އިޢުލާނުގެ މުއްދަތު 30 ޖޫން 2025 ވާ ހޯމަ ދުވަހުގެ 10:00 އަށް ވަނީ އިތުރުކޮށްފައެވެ. މި މަޝްރޫޢަކީ އަތޮޅުގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން އިތުރުކުރުމަށް އަތޮޅު ކައުންސިލުން ކުރިއަށް ގެންދާ މުހިންމު މަޝްރޫޢެއްކަމަށް ކައުންސިލުން ބުނެއެވެ.

ވ. އަތޮޅުގައި މީހުން ދިރިއުޅޭ ފަސް ރަށް އޮވެއެވެ. އެއީ ފެލިދޫ، ފުލިދޫ، ކެޔޮދޫ، ރަކީދޫ އަދި ތިނަދުއެވެ. ކައުންސިލުން އާއްމުކޮށްފައިވާ މައުލޫމާތުތައް ބުނާ ގޮތުގައި މި މަޝްރޫޢުގެ ދަށުން އެންމެ ގިނަ ކެމެރާ ހަރުކުރާނީ ފުލިދޫގައެވެ. އެ ރަށުގައި 24 ކެމެރާ ހަރުކުރާނެއެވެ. ދެން އެންމެ ގިނ އެންމެ ގިނައިން ކެމެރާ ހަރުކުރާނީ ކެޔޮދުއާއި ފެލިދޫގައެވެ. އެއިން ކޮންމެ ރަށެއްގައި 16 ކެމެރާ ހަރުކުރާނެއެވެ. ތިނަދޫގައި 12 ކެމެރާ އަދި ރަކީދޫގައި 8 ކެމެރާ މި މަޝްރޫޢުގެ ދަށުން ހަރުކުރާނެއެވެ.

ވ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށުގައި ކެމެރާ ހަރުކުރުމުގެ މަސައްކަތް ކައުންސިލުން ފަށާފައި ވާއިރު އެ އަތޮޅަކީ ރާއްޖޭގެ އެންމެ އާބާދީ ކުޑަ އަތޮޅެވެ. ނަމަވެސް ފަހަކަށް އައިސް ގެސްޓްހައުސް ވިޔަފާރި އިތުރުވެ އެ އަތޮޅަށް އަންނަ ފަތުރުވެރިންގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

                    

މި ލިޔުން ކިޔާލުމުން

Ads by MSS