Ads by Stelco

ޚަބަރު

ރަށްދެބައި މަގު ހިމެނޭ ސަރަޙައްދުން މާދަމާ ކަރަންޓު ކެނޑިދާނެ: ސްޓެލްކޯ

ރަށްދެބައި މަގު ހިމެނޭ ސަރަޙައްދުން މާދަމާ ކަރަންޓު ކެނޑިދާނެ: ސްޓެލްކޯ

މާލެ ސިޓީ/ފޮޓޯ: ގޯވޭ ޓްރެވަލް

16 ޖޫން 2025، 02:16

މާލޭގެ ރަށްދެބައި މަގު ހިމެނޭ ސަރަޙައްދުން ޖޫން 17 ވާ އަންގާރަ ދުވަހު (މާދަމާ) ކަރަންޓު ކެނޑިދާނެ ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް، ސްޓެލްކޯ އިން އިޢުލާނުކޮށްފިއެވެ.

ސްޓެލްކޯ އިން މަޢުލޫމާތު ދީފައިވާ ގޮތުގައި، އެ ކުންފުނީގެ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތަށް މާލެ ސިޓީ، ރަށްދެބައި މަގު ހިމެނޭ ސަރަޙައްދުން މާދަމާ މެންދުރުފަހު 14:00 އާއި 16:00 އާ ދެމެދު ކަރަންޓުގެ ޚިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެކެވެ.

މި މަސައްކަތާ ގުޅިގެން ކަރަންޓު ކެނޑުމުން ދިމާވެދާނެ ދަތިތަކަށް ސްޓެލްކޯއިން މާފަށް އެދިފައިވެއެވެ. އަދި ކަރަންޓު ކަނޑާލަނީ ދުރާލާ އެންގުމަށްފަހު ކަމަށްވެސް ކުންފުނިން ފާހަގަކޮށްފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS