Ads by Stelco

ޚަބަރު

މަސްތުވާތަކެއްޗާއެކު ރ. އިނގުރައިދޫ އިން މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާއެކު ރ. އިނގުރައިދޫ އިން މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާއި އެކު ހައްޔަރުކުރި މީހާ/ފޮޓޯ: ފުލުހުން

16 ޖޫން 2025، 01:48

ދިވެހި ފުލުހުންގެ ޚިދުމަތުން ރ. އިނގުރައިދޫގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު ދިވެހި ފިރިހެނަކު ހައްޔަރުކޮށްފި އެވެ.

މި މައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ މާލެ/ދަފްތަރު ނަންބަރު 2689، ޢަލީ ޝަރީފް (62އ) އެވެ. ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ރަށުތެރޭގައި މަސްތުވާތަކެތި ގެންގުޅެ، އެތަކެތި ބޭނުންކޮށް އެތަކެތީގެ ވިޔަފާރިކުރާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި ހިނގާ ޖޫން މަހުގެ 14 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި އޭނާ ހުއްޓުވައި ބަލާފާސްކޮށްފައިވާ ކަމަށެވެ. އަދި އޭނާ ބަލާފާސްކުރުމުގެ ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ހަތަރު ސެލޯފިންކޮޅު ފެނިފައިވާކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.

މި މައްސަލާ ގުޅިގެން ޢަލީ ޝަރީފްގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 10 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

މި މައްސަލަ އިނގުރައިދޫ ޕޮލިސް ސްޓޭޝަނުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS