Ads by Stelco

ޚަބަރު

ސީ-ޓު-އެއަރ ކާގޯ ޚިދުމަތް ފުޅާވެ ޚިދުމަތާއި ގުޅުނު ބައިނަލްއަޤްވާމީ އެއަރލައިންތަކުގެ އަދަދު 17 އަށް

ސީ-ޓު-އެއަރ ކާގޯ ޚިދުމަތް ފުޅާވެ ޚިދުމަތާއި ގުޅުނު ބައިނަލްއަޤްވާމީ އެއަރލައިންތަކުގެ އަދަދު 17 އަށް

އެމިރޭޓް އެއަރލައިން އިން ކާގޯ ބާލަނީ ފޮޓޯ: ކޯޕަރޭޓް މޯލްޑިވްސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

16 ޖޫން 2025، 12:54

16 ޖޫން 2025، 12:54

މޯލްޑިވްސް އެއަރޕޯޓްސް ކޮންޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ހާމަކުރި ގޮތުގައި، ރާއްޖޭގެ ސީ-ޓު-އެއަރ ކާގޯ ޚިދުމަތް މިހާރު ވަނީ ބައިނަލްއަޤްވާމީ 17 އެއަރލައިނަކާ ގުޅިފައެވެ. މިއީ މި ޚިދުމަތް ފެށުނުތާ އެއް އަހަރު ފުރުމާ ގުޅިގެން ހާމަކުރެވުނު މަޢުލޫމާތެކެވެ.

ސީ-ޓު-އެއަރ ކާގޯ ޚިދުމަތަކީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) މެދުވެރިކޮށް ކަނޑުމަގުން ގެންނަ މުދާ ރައްކާތެރިކަމާއެކު ބޭނުންވާ މަންޒިލަށް ވައިގެ މަގުން އަވަހަށް ފޯރުކޮށްދިނުމަށް، އެމްއޭސީއެލް އާއި އެމްޕީއެލް ގުޅިގެން 15 މެއި 2024 ގައި ފަށާފައިވާ ޚިދުމަތެކެވެ. މި ޚިދުމަތް ފުރަތަމަ ފެށުނީ ޓާކިޝް އެއަރލައިންސްއާ ގުޅިގެންނެވެ.

އެމްއޭސީއެލްއިން އިތުރަށް ހާމަކުރި ގޮތުގައި، މިހާރު ސީ-ޓު-އެއަރ ކާގޯ މެދުވެރިކޮށް ރާއްޖެއިން ފޮނުވާ ކާގޯ ދުނިޔޭގެ 23 މަންޒިލަކަށް ފޮނުވަމުން ދެއެވެ. މި ޚިދުމަތް ފެށުނު ފަހުން މިހާތަނަށް 2 މިލިއަން ކިލޯގެ ކާގޯ ވަނީ އުފުލާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ރާއްޖޭގައި މުޅިން އައު ޚިދުމަތެއްގެ ގޮތުގައި ފަށާފައިވާ މި ޚިދުމަތުގެ ނަތީޖާ ވަރަށް ރަނގަޅު ކަމަށް ސަރުކާރުން ވަނީ ފާހަގަކޮށްފައެވެ. އަދި މިހާތަނަށް މި މަސައްކަތުން ރާއްޖޭގެ އިޤްތިޞާދަށް އެތައް މިލިއަން ޑޮލަރެއް ވަދެފައިވާ ކަމަށްވެސް ސަރުކާރުން ވަނީ ބުނެފައެވެ.

ސީ-ޓު-އެއަރ ކާގޯގެ މަސައްކަތަކީ ދުނިޔޭގެ ވަރަށް ގިނަ ޤައުމުތަކުން ކުރަމުން އަންނަ، އަދި މި މަސައްކަތުން އެ ޤައުމުތަކުގެ އިޤްތިޞާދަށް ބޮޑެތި މަންފާތަކެއް ލިބެމުން އަންނަ މަސައްކަތެއްކަން ފާހަގަކުރެވެއެވެ. ރާއްޖޭގައިވެސް މި ޚިދުމަތް ފުޅާވަމުން އައިސް، އަހަރެއްގެ ތެރޭގައި މިހާ ގިނަ އެއަރލައިންތަކަކާ ގުޅި، ގިނަ މަންޒިލްތަކަކަށް ޚިދުމަތް ދެވެމުން ދިއުމަކީ މި ދާއިރާގެ ކުރިމަގު އުޖާލާކަމުގެ ހެއްކެކެވެ.

                    

މި ލިޔުން ކިޔާލުމުން

Ads by MSS