Ads by Stelco

ޚަބަރު

ސިނަމާލެ ބުރިޖުން މުޖުތަމަޢުގެ ކުރިއެރުމަށް އިންޖިނޭރުންގެ މުހިންމުކަން ރަމްޒުކޮށްދޭ : ޗައިނާ ސަފީރު

ސިނަމާލެ ބުރިޖުން މުޖުތަމަޢުގެ ކުރިއެރުމަށް އިންޖިނޭރުންގެ މުހިންމުކަން ރަމްޒުކޮށްދޭ : ޗައިނާ ސަފީރު

ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގް ޒިއަންހުއާ ފޮޓޯ: ހައިކޮމިޝަން

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

16 ޖޫން 2025، 12:26

16 ޖޫން 2025، 12:26

ސިނަމާލެ ބުރިޖަކީ މުޖުތަމަޢުގެ ކުރިއެރުމަށް އިންޖިނޭރުންގެ މުހިންމުކަން ރަމްޒުކޮށްދޭ ބިނާއެއް ކަމަށް ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގް ޒިއަންހުއާ ވިދާޅުވެއްޖެއެވެ.

ސަފީރު މިފަދައިން ވިދާޅުވެފައިވަނީ މީސްމީޑިޔާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އޮގަސްޓް މަހުގެ 30 ވަނަ ދުވަސް ރާއްޖޭގެ އިންޖިނޭރުންގެ ދުވަހުގެ ގޮތުގައި ހަމަޖެއްސެވުމާ ގުޅިގެން  ކުރެއްވި މެސެޖެކެވެ.މި ދުވަހަކީ 2018 ވަނަ އަހަރު ސިނަމާލެ ބުރިޖު އިފްތިތާޙުކުރި ދުވަހެވެ.

ޗައިނާ ސަފީރު އިތުރަށް ވިދާޅުވެފައިވަނީ ޗައިނާއާއި ދިވެހިރާއްޖޭގެ އިންޖިނޭރުންގެ ކުޅަދާނަ މަސައްކަތުން ބިނާކުރި ސިނަމާލެ ބުރިޖުން، ދިވެހިންގެ ދިރިއުޅުމާއި ރާއްޖޭގެ އިޤުތިޞާދަށް ބޮޑެތި ކުރިއެރުންތަކެއް ގެނެސްދީފައިވާ ކަމަށެވެ. އެހެންކަމުން އިންޖިނޭރުންނަކީ ދިރިއުޅުމާއި މުޖުތަމަޢުގެ ކުރިއެރުމުގައި މުހިންމު ދައުރެއް އަދާކުރާ ބައެއްކަމަށް ސަފީރު ފާހަގަކުރެއްވިއެވެ.

އިންޖިނޭރުންނަށް ޙައްޤު އިހްތިރާމާއި ޤަދަރު ލިބެންޖެހޭ. އެއީ އެބޭފުޅުން މުޖުތަމަޢުގެ ކުރިއެރުމަށް ކުރައްވާ މަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުން 

ސަފީރު 

ސިނަމާލެ ބުރިޖަކީ ރާއްޖޭގެ ތާރީޚުގައި މިހާތަނަށް ހިންގުނު އެންމެ ބިޔަ އުމްރާނީ ތަރައްޤީގެ މަޝްރޫޢު ކަމުގައި ބެލެވެއެވެ. މި ބުރިޖުގެ ދިގުމިނުގައި 1.39 ކިލޯމީޓަރު ހުރެއެވެ. އަދި ބްރިޖުގެ ފުޅާމިނުގައި 20.3 މީޓަރު ހުންނައިރު، ހަތަރު ފުރޮޅުލީ އުޅަނދުތަކަށް ޚާއްޞަ 2 ލޭނާއި، ސައިކަލް ދުއްވަން ޚާއްޞަ ދެ ލޭނެއް އޮވެއެވެ.



ސިނަމާލެ ބުރިޖު އެޅުމުގެ ޢަމަލީ މަސައްކަތް ފެށީ 2014 ވަނަ އަހަރުގެ ތެރޭގައެވެ. އަދި ބުރިޖުގެ މަސައްކަތް ނިމުނީ 3 އަހަރާއި 11 މަސް ދުވަހުންނެވެ. މި ބުރިޖަކީ ރާއްޖެއާއި ޗައިނާއާ ދެމެދު އޮންނަ ޒަމާންވީ އެކުވެރިކަމުގެ ގުޅުން ރަމްޒުކޮށްދޭ ބިނާއެކެވެ.

                    

މި ލިޔުން ކިޔާލުމުން

Ads by MSS