ދުނިޔެ

އީރާނުން ފޮނުވާލި މިސައިލްތަކުން ޔަހޫދީން ހިފާފައިވާ ސަރަހައްދުތަކަކަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ

އީރާނުން ފޮނުވާލި މިސައިލްތަކުން ޔަހޫދީން ހިފާފައިވާ ސަރަހައްދުތަކަކަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ

އިރާނުން އިޒްރާއިލަށް ފޮނުވާލި ދެ މިސައިލެއް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

15 ޖޫން 2025، 10:38

15 ޖޫން 2025، 10:38

އިރާނުން އިޒްރޭލަށް އަމާޒުކޮށް ފޮނުވާލި މިސައިލް ހަމަލާގައި ޔައްފާ އަދި ހައިފާ ސަރަހައްދަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ.

 މި ހަމަލާގައި މިހާތަނަށް 10 މީހުން މަރުވެފައިވާ ކަމަށް އިޒްރޭލުގެ ފުލުހުން މައުލޫމާތު ދީފައިވެއެވެ.

އިޒްރޭލުގެ ސިފައިންގެ ރޭޑިއޯއިން ބުނެފައިވާ ގޮތުގައި، ހައިފާގެ ތެޔޮ ޕްލާންޓުގެ ހޮޅިތަކަށް މި ހަމަލާގައި ބޮޑެތި ގެއްލުންތަކެއް ވެފައިވެއެވެ. އަދި ޔައްފާގެ ދެކުނުގައި ހުންނަ ވައިޒްމަން ރިސާރޗް އިންސްޓިޓިއުޓްގެ ވަސީލަތްތަކަށްވެސް ގެއްލުން ވެފައިވާކަމަށް އެ އިންސްޓިޓިއުޓުން ބުނެފައިވެއެވެ.

އިރާނުގެ މީޑިއާތަކުން ހާމަކޮށްފައިވާ ގޮތުގައި، މި ހަމަލާގައި "އިމާދް"، "ގަދަރް" އަދި "ހައިބަރް ޝެކަން" މިސައިލްތައް ބޭނުންކޮށްފައިވެއެވެ. މި މިސައިލްތަކަކީ އިންތިހާއަށް ގަދަ އަދި ވަރުގަދަ ގޮއްވާ ތަކެތި ހަރުކޮށްފައިވާ މިސައިލްތަކެކެވެ. މިގޮތުން "ގަދަރް" މިސައިލްގެ ރޭންޖަކީ 2000 ކިލޯމީޓަރު ކަމަށާއި، "ހައިބަރް ޝެކަން" މިސައިލްގެ ރޭންޖަކީ 1400 ކިލޯމީޓަރު ކަމަށާއި، "އިމާދް" މިސައިލްގެ ރޭންޖަކީ 1700 ކިލޯމީޓަރު ކަމަށް އިރާނުން ބުނެފައިވެއެވެ.

އަސްކަރީ ތަޖުރިބާކާރު ކާނަލް ހާތިމް ކަރީމް އަލް-ފަލާހީ ބުނެފައިވާ ގޮތުގައި، އިރާނުން ފުރަތަމަ ދޫކުރީ 40 މިސައިލެވެ. އަދި ދެވަނަ ބުރުގައި 50 މިސައިލާއި ޑްރޯން ދޫކުރިއެވެ. އިޒްރޭލުގެ 12 ވަނަ ޗެނަލުން ބުނެފައިވާ ގޮތުގައި، މި ހަމަލާތަކުގައި 800 އާއި 4000 އާއި ދމެދުގެ އިޒްރޭލު މީހުން މަރުވެދާނެކަމަށް ކެބިނެޓުން ލަފާކުރެއެވެ.

މީގެ އިތުރުން، އިރާނުގެ ފާރްސް ނިއުސް އޭޖެންސީން ރިޕޯޓުކޮށްފައިވާ ގޮތުގައި ޔައްފާއަށް ދިން ހަމަލާގައި ގާސިމް ސުލައިމާނީ ބެލިސްޓިކް މިސައިލްވެސް ބޭނުންކޮށްފައިވެއެވެ. މިއީ ވަރަށް ބާރުހުރި އަދި ވަރުގަދަ ގޮއްވާ ތަކެތި ހަރުކޮށްފައިވާ މިސައިލްތަކެކެވެ. 

މި ލިޔުން ކިޔާލުމުން

Ads by MSS