Ads by Stelco

ޚަބަރު

ސައިކަލެއް ހިމެނޭހެން ވަގަށް ނަގާފައިވާ ސާމާނުތަކަކާއެކު މީހަކު ހައްޔަރުކޮށްފި

ސައިކަލެއް ހިމެނޭހެން ވަގަށް ނަގާފައިވާ ސާމާނުތަކަކާއެކު މީހަކު ހައްޔަރުކޮށްފި

ވަގަށް ނަގާފައިވާ ތަކެތި/ފޮޓޯ: ފުލުހުން

15 ޖޫން 2025، 03:46

ސައިކަލެއް ހިމެނޭހެން ވަގަށް ނަގާފައިވާ ސާމާނުތަކަކާއެކު ދިވެހި ފުލުހުންގެ ޚިދުމަތުން މީހަކު ހައްޔަރުކޮށްފި އެވެ.

މިމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ރ. އަލިފުށި / ހަބީބީހެޕް، އިސްމާޢީލް ސާއިފް (39 އ) އެވެ. ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މިމަހުގެ 13 ވަނަ ދުވަހު މާލެތެރެ ޕެޓްރޯލްކުރަމުންދިޔަ ފުލުހުންނަށް އޭނާގެ އަމަލުތައް ހުރި ގޮތުން ތުހުމަތުކުރެވިގެން ހުއްޓުވައި ބަލާފާސްކޮށްފައިވާ ކަމަށެވެ. އަދި އޭނާ އެވަގުތު އަރައި އިން ސައިކަލުގައި ތަޅުދަނޑި ޖަހާފައިހުރުމުން އިތުރަށް މައުލޫމާތު ސާފުކުރުމުން އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއްކަން ކަށަވަރުވެފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ.

މީގެ އިތުރުން ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، އޭނާ އިތުރަށް ބަލާފާސްކުރިއިރު ވަގަށް ނަގާފައިވާ ފޯނުތަކެއް ފެނިފައިވާ ކަމަށެވެ. އަދި އެ ފޯނުތަކަކީ ހުޅުމާލޭގެ ފަޅުގައި އޮތް ދޯންޏަކުން ވަގަށް ނަގާފައިވާ ފޯނުތަކެއްކަން މިހާތަނަށް ބެލި ބެލުމުން އެނގިފައިވާކަމަށް ފުލުހުން މަޢުލޫމާތުދެއެވެ. ހަމަ އެހެންމެ، އޭނާ އެވަގުތު އަރައި އިން ސައިކަލުގެ މަޑިދަށް ބަލައިފާސްކުރިއިރު ވަގަށް ނަގާފައިވާ ގްރިޑަރަކާއި، ސޭންޑަރެއްހެ އިތުރުން ވެސް ބައެއް ތަކެތި ފެނިފައިވާކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.

މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުޤީގު ކުރަމުންނެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS