Ads by Stelco

ޚަބަރު

މަސްތުވާތަކެއްޗާއެކު ޢުމުރުން ދުވަސްވީ މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާއެކު ޢުމުރުން ދުވަސްވީ މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާއި އެކު ހައްޔަރުކުރި މީހާ/ފޮޓޯ: ފުލުހުން

15 ޖޫން 2025، 01:25

ދިވެހި ފުލުހުންގެ ޚިދުމަތުން މަސްތުވާތަކެއްޗާއެކު ހުޅުމާލެއިން ދިވެހި ފިރިހެނަކު ހައްޔަރުކޮށްފި އެވެ.

މި މައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ ހ. މެޑޯސްވީޓް / މާލެ، އަޙްމަދު ޢަފީފް (60އ) އެވެ.  ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މި ހިނގާ ޖޫން މަހުގެ 13 ވަނަ ދުވަހުގެ ރޭ ހުޅުމާލެ 10 ނަންބަރު ފްލެޓް ކައިރިން އޭނާ ހުއްޓުވައި ބަލާފާސްކޮށްފައިވާ ކަމަށެވެ. އަދި އޭނާ ބަލާފާސްކޮށްފައިވަނީ، އޭނާގެ އަމަލުތައް ހުރިގޮތުން ތުހުމަތުކުރެވިގެން މަޑުކުރަން އެންގުމުން އޭނާގެ އަތުގައި އޮތް އެއްޗެއް ވައްޓާލިތަން ފުލުހުންނަށް ފެނުމުންކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.

އަދި އޭނާ ބަލާފާސްކުރުމުގެ ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 5 ރަބަރު ޕެކެޓު ފެނިފައިވާކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.

މި މައްސަލާ ގުޅިގެން އަޙްމަދު ޢަފީފްގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 10 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS