ޚަބަރު
ކަސްޓަމްސްގެ ނަމުގައި ސްކޭމް މެސެޖްތަކެއް ދައުރުކުރަނީ، ސަމާލުވޭ!

ކަސްޓަމްސް ބިލްޑިންގ/ފޮޓޯ: ކަސްޓަމްސް
މޯލްޑިވްސް ކަސްޓަމްސް ސަރވިިސްގެ ނަމުގައި ސްކޭމް މެސެޖްތަކެއް ދައުރުކުރަމުންދާތީ އެކަމަށް ސަމާލުވުމަށް ކަސްޓަމްސް އިން އެދިއްޖެއެވެ.
ކަސްޓަމްސް އިން ވިދާޅުވީ، އެ އިދާރާގެ ޕޭމަންޓް އެއް ދައްކަން ކަމަށް ބުނެ އެމްއެޗްސީއެލް ކިޔާ ފަރާތަކުން ދައުކުރުމަދުންދަނީ ޞައްޙަ މެސެޖެއް ނޫންކަމަށެވެ. އަދި މި މެސެޖުގައި ކަސްޓަމްސްއަށް ފީ ދައްކާފައިނުވާތީ، ޕޯސްޓު މެދުވެރިކޮށް ޖަހާފައިވާ އޯޑަރު ޑެލިވާ ނުކުރެވޭނެ ކަމަށް ލިޔެފައިވާއިރު، ކަސްޓަމްސް ގެ އެއްވެސް ޕޭމަންޓް އެއް ދެއްކުމަށް އެދި ލިންކާއެކު އެސްއެމްއެސް އެއް ނުފޮނުވާނެކަމަށް އެ އިދާރާއިން ވަނީ ވިދާޅުވެފައެވެ.
އެހެންކަމުން، މިފަދަ ލިންކުތަކަށް ޢާންމުން ސަމާލުވުމަށް ކަސްޓަމަސް އިން އެދިފައިވާއިރު، މިކަން ވަނީ ފުލުހުންގެ އެންޓި-ސްކޭމް ސެންޓަރުގެ ސަމާލުކަމަށް ގެނެސްފައިކަމަށް ކަސްޓަމްސް އިން މަޢުލޫމާތުދެއެވެ.