ދުނިޔެ

އިޒްރާއިލުން އިރާނަށް ދިން ހަމަލާ ދިވެހި ޚާރިޖިއްޔާއިން ކުށްވެރިކޮށްފި

އިޒްރާއިލުން އިރާނަށް ދިން ހަމަލާ ދިވެހި ޚާރިޖިއްޔާއިން ކުށްވެރިކޮށްފި

އިރާނަށް އިޒްރާއިލަށް ދިން ހަމަލަގައި ހަލާކުވެފައިއޮތް ވެހިކަލެއް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

13 ޖޫން 2025، 03:58

13 ޖޫން 2025، 03:58

އިޒްރާއިލުން އިރާނަށް ދިން ހަމަލާ ދިވެހިރާއްޖޭގެ ޚާރިޖީ ވުޒާރާއިން ވަނީ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ.

މިކަމާ ގުޅޭގޮތުން ޚާރިޖިއްޔާއިން ވަނީ ސްޓޭޓްމަންޓެއް ނެރެފައެވެ. އެސްޓޭޓްމަންޓްގައި ބުނެފައިވަނީ މި ހަމަލާއަކީ ސަރަހައްދީ ސުލްހައާއި ސަލާމަތަށް ނުރައްކާވެދާނެ ކަމެއް ކަމަށް ބުނެފައިވެއެވެ.

ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ، އިޒްރާއިލުން ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފަށް ހިންގަމުންދާ އަމަލުތަކަކީ ސަރަހައްދުގެ ސަލާމަތަށް ބޮޑު ނުރައްކަލެއް ކަމަށެވެ. އަދި މިފަދަ އަމަލުތަކުން ސަރަހައްދުގެ އަމާންކަމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެދާނެ ކަމަށް ފާހަގަކޮށްފައިވެއެވެ.

އިޒްރާއިލުން އިރާނަށް ދިން ހަމަލާއަކީ، ޣައްޒާގައި އިޒްރާއިލުން ހިންގަމުންދާ އަނިޔާވެރި ހަމަލާތައް ދަނިކޮށް ދިން ހަމަލާއެއްކަން ފާހަގަކޮށް، މުޅި ސަރަހައްދު ހަލަބޮލިވުމަށް މަގުފަހިވެދާނެ ކަމެއްކަމަށް ދިވެހި ސަރުކާރުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

މި ހާލަތުގައި ބައިނަލްއަޤްވާމީ މުޖުތަމައުން އަވަސް ފިޔަވަޅުތަކެއް އަޅައި، ހާލަތު އިތުރަށް ގޯސްވިޔަ ނުދިނުމަށް މަސައްކަތްކުރުމަށް ދިވެހިރާއްޖެއިން ގޮވާލައިފައިވެއެވެ. އަދި މި މައްސަލައިގައި ހުރިހާ ފަރާތްތަކުން ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަން ފާހަގަކޮށްފައިވެއެވެ.

އިޒްރާއިލުން އިރާނަށް ދިން ހަމަލާއާ ގުޅިގެން ގިނަ ގައުމުތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށް، މި އަމަލު ކުށްވެރިކޮށްފައެވެ. އަދި ސަރަހައްދުގެ ހަމަޖެހުމަށް މިފަދަ އަމަލުތަކުން ނޭދެވޭ އަސަރުކޮށްފާނެ ކަމަށް ބައިނަލްއަޤްވާމީ މުޖުތަމައުން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

 

 

 

މި ލިޔުން ކިޔާލުމުން

Ads by MSS