ދުނިޔެ

ޚާން ޔޫނިސްއިން ދެ އަސީރެއްގެ ހަށިގަނޑު ހޯދިފައިވާކަމަށް އިޒްރާއީލުން ބުނެފި

ޚާން ޔޫނިސްއިން ދެ އަސީރެއްގެ ހަށިގަނޑު ހޯދިފައިވާކަމަށް އިޒްރާއީލުން ބުނެފި

އިޒްރާއިލް ސިފައިން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

12 ޖޫން 2025، 11:42

12 ޖޫން 2025، 11:42

އިޒްރާއީލުގެ ސިފައިންނާއި ބެންޖަމިން ނަތަންޔާހޫ ވަނީ ޣައްޒާގެ ދެކުނުގައި އޮންނަ ޚާން ޔޫނިސް ސަރަހައްދުން ދެ އަސީރެއްގެ ހަށިގަނޑު ހޯދިފައިވާ ކަމަށް ބުދަ ދުވަހުގެ ރޭ އިއުލާނުކޮށްފައެވެ.

 މި އޮޕަރޭޝަނަކީ އިޒްރާއީލު ސިފައިންނާއި ޝިން ބެޓް އިންޓެލިޖެންސް އޭޖެންސީ ގުޅިގެން ހިންގި އޮޕަރޭޝަނެއް ކަމަށް ބުނެފައިވެއެވެ.

އިޒްރާއީލު ސިފައިންގެ ބަޔާނެއްގައި ބުނެފައިވާ ގޮތުގައި މި އޮޕަރޭޝަން ހިންގާފައިވަނީ 36 ވަނަ ޑިވިޜަންގެ ބައިވެރިވުމާއެކު، އިންޓެލިޖެންސް މައުލޫމާތުގެ އަލީގައެވެ. މީގެ ކުރިން އިޒްރާއީލު މީޑިއާތަކުން ވަނީ އެއް އަސީރެއްގެ ހަށިގަނޑު ހޯދިފައިވާ ކަމަށް ރިޕޯޓުކޮށްފައެވެ.

އިޒްރާއީލުގެ ސަރުކާރުގެ ބްރޯޑްކާސްޓިންގ އޮތޯރިޓީން ބުނެފައިވާ ގޮތުގައި ޔައިރް ޔަޢަޤޫބްގެ ހަށިގަނޑު ވަނީ ޣައްޒާއިން ހޯދައި، އިޒްރާއީލަށް ގެނެވިފައެވެ. އިޒްރާއީލުގެ ޗެނަލް 12 އިން ބުނެފައިވާ ގޮތުގައި މި އޮޕަރޭޝަންގެ ގިނަ މައުލޫމާތުތަކަކީ އަދިވެސް ސިއްރު މައުލޫމާތުތަކެކެވެ.

މީގެ ކުރިން މި މަހުގެ 6 ވަނަ ދުވަހު، ނެތަންޔާހޫގެ އޮފީހުން ވަނީ ރަފާހުގައި ހިންގި "ޚާއްސަ އޮޕަރޭޝަނެއް" ގައި ތައިލެންޑް ރައްޔިތެއްގެ ހަށިގަނޑު ހޯދިފައިވާ ކަމަށް ބުނެފައެވެ. އަދި އޭގެ ކުރިން ޖޫން 4 ވަނަ ދުވަހުގެ ރޭ ޚާން ޔޫނިސްގައި ހިންގި އޮޕަރޭޝަނެއްގައި އިތުރު ދެ އަސީރެއްގެ ހަށިގަނޑު ހޯދިފައިވާ ކަމަށްވެސް ބުނެފައިވެއެވެ.

ހަމާސްއިން ވަނީ އިސްރާއީލުގެ އަސީރުން ދޫކޮށްލުމަށް ތައްޔާރަށް ތިބިކަމަށް ތަކުރާރުކޮށް ބުނެފައެވެ. ނަމަވެސް އެކަމަށް ޝަރުތުކޮށްފައިވަނީ ޣައްޒާގައި ހިންގަމުންދާ ހަނގުރާމަ ހުއްޓާލައި، އިޒްރާއީލު ސިފައިން އެ ސަރަހައްދުން ފައިބައި، ފަލަސްތީނު އަސީރުން ދޫކޮށްލުމެވެ. އެހެންނަމަވެސް ނެތަންޔާހޫ ދަނީ އިތުރު ޝަރުތުތައް ކުރިމަތިކުރަމުންނެވެ.

 

މި ލިޔުން ކިޔާލުމުން

Ads by MSS