ދުނިޔެ

ހަމަލާތައް ހުއްޓާލުމަށް ނެތަންޔާހޫއަށް ޕްރެޝަރުކުރުމަށް އިޒްރާއީލުގެ ކުރީގެ ބޮޑުވަޒީރު އޮލްމަރޓް ޓްރަމްޕަށް ގޮވާލައިފި

ހަމަލާތައް ހުއްޓާލުމަށް ނެތަންޔާހޫއަށް ޕްރެޝަރުކުރުމަށް އިޒްރާއީލުގެ ކުރީގެ ބޮޑުވަޒީރު އޮލްމަރޓް ޓްރަމްޕަށް ގޮވާލައިފި

އިޒްރާއިލްގެ ކުރީގެ ބޮޑުވަޒީރު އެހުދް އޮލްމަރޓް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

10 ޖޫން 2025، 02:58

10 ޖޫން 2025، 02:58

އިޒްރާއިލުން ޣައްޒާއަށް ދެމުންދާ ހަމަލާތައް ހުއްޓާލުމަށް އިޒްރާއިލްގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫއަށް ޕްރެޝަރުކުރުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް އިޒްރާއިލްގެ ކުރީގެ ބޮޑުވަޒީރު އެހުދް އޮލްމަރޓް ގޮވާލައިފިއެވެ. 

 2006 އިން 2009 އަށް އިޒްރާއީލުގެ ބޮޑުވަޒީރުކަން ކުރި އޮލްމަރޓް ބުނީ، އިޒްރާއީލުގެ ސަރުކާރަށް އެންމެ ބޮޑު ނުފޫޒެއް ފޯރުވޭނީ އެމެރިކާއަށް ކަމަށާއި، "އެހެން ހުރިހާ ބާރުތަކެއް އެއްކޮށްލުމަށްވުރެ ބޮޑު" ނުފޫޒެއް އެމެރިކާއަށް ފޯރުވޭނެ ކަމަށެވެ. އަދި މި ވަގުތު އެމެރިކާގެ ނުފޫޒު ބޭނުންކޮށްގެން ޣައްޒާގެ ހަނގުރާމަ ހުއްޓުވުމަށް މަސައްކަތް ކުރަން ޖެހޭ ކަމަށް ވެސް އޭނާ ބުނެފައިވެއެވެ.

އޮލްމަރޓް ބުނެފައިވަނީ ޣައްޒާގައި ހަނގުރާމަ ކުރިއަށް ގެންދިއުމަކީ "ކުށެއް" ކަމަށާއި، މި ހަނގުރާމަ ނިންމޭނީ ދެ ދައުލަތުގެ ހައްލަކުން އެކަނި ކަމަށެވެ. އަދި މިހާރު ކުރިއަށްދާ ގޮތަށް ހަނގުރާމަ ކުރިއަށް ގެންދިއުމަކީ އިތުރު ގެއްލުންތަކެއް ލިބިގެންދާނެ ކަމެއް ކަމަށް ވެސް އޭނާ ބުނެފައިވެއެވެ.

2023 ވަނަ އަހަރުގެ އޮކްޓޯބަރު 7 ގައި ހަމާސްއިން ދިން ހަމަލާ ހުއްޓުވުމަށް ނަތަންޔާހޫ "ފުރިހަމައަށް ފެއިލްވެފައިވާ" ކަމަށް އޮލްމަރޓް ބުންޏެވެ. އަދި މި ހަމަލާއަށް ފަހު އިޒްރާއީލުން އަޅަމުންދާ ފިޔަވަޅުތަކަކީ ވެސް އެކަށީގެންވާ ފިޔަވަޅުތަކެއް ނޫން ކަމަށް އޭނާ ފާހަގަކުރިއެވެ.

"މިކަން [ޓްރަމްޕް] ކުރާނެކަމުގެ އުންމީދު އަޅުގަނޑު ކުރަން. ޓްރަމްޕާއެކު ނުވާނެ ކަމެއް ނޯންނާނެ. މިކަން ވާނެކަން އަޅުގަނޑަކަށް ނޭނގެ. އެކަމަކު އުންމީދުކުރަން ޖެހޭ، އަދި އޭނާއަށް ހިތްވަރުދޭން ވެސް ޖެހޭ،" އޮލްމަރޓް ބުނެފައިވެއެެވެ.

 

 

 

މި ލިޔުން ކިޔާލުމުން

Ads by MSS