ދުނިޔެ

އީރާނުގެ ނިއުކްލިއަރ ފެސިލިޓީތަކަށް ހަމަލާދިނުމުން ނޭދެވޭ ނަތީޖާއެއް ނުކުމެދާނެކަމަށް އައިއޭއީއޭއިން އިންޒާރުދީފި

އީރާނުގެ ނިއުކްލިއަރ ފެސިލިޓީތަކަށް ހަމަލާދިނުމުން ނޭދެވޭ ނަތީޖާއެއް ނުކުމެދާނެކަމަށް އައިއޭއީއޭއިން އިންޒާރުދީފި

އިރާންއާއި އިޒްރާއިލް، ޒަމާންނުއްސުރެ ކޯޅުންބޮޑު ދެޤައުމު

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

10 ޖޫން 2025، 10:12

10 ޖޫން 2025، 10:12

އިޒްރާއީލުން އީރާނުގެ ނިއުކްލިއަރ ފެސިލިޓީތަކަށް ހަމަލާދިނުމުން ނޭދެވޭ ނަތީޖާއެއް ނުކުމެދާނެކަމަށް އިންޓަނޭޝަނަލް އެޓޮމިކް އެނަރޖީ އޭޖެންސީ (އައިއޭއީއޭ)ގެ އިސްވެރިޔާ ރަފައެލް ގްރޮސީ އިންޒާރުދެއްވައިފިއެވެ.

ގްރޮސީ މި އިންޒާރު ދެއްވާފައިވަނީ އެމެރިކާ އާއި އީރާނާ ދެމެދު އޮމާނުގެ މެދުވެރިއެއްގެ ރޯލު ކުޅެމުންދާއިރު ނުސީދާ މަޝްވަރާތައް ކުރިއަށްދަނިކޮށްކަން ފާހަގަކޮށްލަން ޖެހެއެވެ. 

އައި24 ނިއުސް އަދި ޖެރޫސަލަމް ޕޯސްޓަށް ދެއްވި އިންޓަވިއުއެއްގައި ގްރޮސީ ވިދާޅުވީ، އީރާނުގެ އިސްވެރިން އޭނާއަށް ވަނީ މިފަދަ ހަމަލާއެއްގެ ނަތީޖާއާ މެދު އިންޒާރުދީފައެވެ.

ހަމަލާއަކުން އީރާނުގެ ނިންމުން އިތުރަށް ވަރުގަދަވެ، ސާފުކޮށް ދަންނަވާނަމަ، ނިއުކްލިއަރ ހަތިޔާރު އުފެއްދުމަށް ނުވަތަ ނޮން-ޕްރޮލިފަރޭޝަން އޮފް ނިއުކްލިއަރ ވެޕަންސް މުއާހަދާއިން ވަކިވުމަށް މަގުފަހިވެދާނެ.

އޭނާ ހޯމަ ދުވަހު ދެއްވި އިންޓަވިއުގައި ވިދާޅުވިއެވެ.

އެހެންނަމަވެސް ގްރޮސީ ވިދާޅުވީ އިޒްރާއީލުން މިފަދަ ހަމަލާއެއް ދޭނެކަމަކަށް އޭނާ ނުދެކޭކަމަށެވެ. 

އެކަމަކު އެއްކަމެއް ޔަގީން، އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމް ވަރަށް ފުޅާކޮށް އަދި ވަރަށް ފުންކޮށް ހިނގަމުންދޭ. އަދި 'ފުން' ކަމަށް ބުނާއިރު އޭގެ މާނައަކީ ގިނަ ފެސިލިޓީތައް ވަރަށް ރަނގަޅަށް ރައްކާތެރިކުރެވިފައި ހުރިކަން. އެތަންތަނަށް ގެއްލުން ދިނުމަށް ބޭނުންވާނީ ވަރަށް ބޮޑު އަދި ނުރައްކާތެރި ބާރެއް.

އޭނާ ވިދާޅުވިއެވެ.

މި ބަޔާންތައް އައިސްފައިވަނީ އެމެރިކާގެ އައު ނިއުކްލިއަރ ޑީލްގެ ހުށަހެޅުމަކަށް އީރާނުން ޖަވާބު ދޭން ތައްޔާރުވަމުންދާ ދަނޑިވަޅެއްގައެވެ. އީރާނުގެ ފޮރިން މިނިސްޓްރީގެ ސްޕޯކްސްޕަރސަން އިސްމާއީލް ބަޣާއީ ވިދާޅުވީ އެމެރިކާގެ ހުށަހެޅުމުގައި މުހިންމު ބައިތަކެއް މަދުވާ ކަމަށާއި، ދިގު މުއްދަތެއް ވަންދެން އީރާނުން އެދެމުން އައި ސެންކްޝަންތައް ލުއިކޮށްދިނުމުގެ މައްސަލައަށް އެކަށީގެންވާ ހައްލެއް ހުށަހަޅާފައި ނުވާކަމަށެވެ.

2015 ވަނަ އަހަރު ވެވުނު އެއްބަސްވުން 2018 ގައި އެމެރިކާގެ ރައީސް ޓްރަމްޕް އުވާލުމަށްފަހު، މިހާރު އެމެރިކާ އާއި އީރާނުން މަސައްކަތްކުރަމުންދަނީ އައު އެއްބަސްވުމަކަށް ވާސިލުވުމަށެވެ. އެހެންނަމަވެސް ދެފަރާތުގެ ދެމެދުގައި ކުރިއަށްދާ ނުސީދާ މަޝްވަރާތަކުގެ ދެން އޮންނާނެ ބައްދަލުވުމެއްގެ ތާރީޚެއް އަދި ވަނީ ކަނޑައެޅިފައި ނުވާކަން ފާހަގަކުރެވެއެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS