Ads by Stelco

ޚަބަރު

ޝެއިޚް ފަރީދު ކުއްލި ގޮތަކަށް ނިޔާވެއްޖެ

ޝެއިޚް ފަރީދު ކުއްލި ގޮތަކަށް ނިޔާވެއްޖެ

އައްޝައިޙް އިބްރާޙިމް ފަރީދު އަޙުމަދު ---

farudhun logo

ފަރުދުން

09 ޖޫން 2025، 07:22

09 ޖޫން 2025، 07:22

އައްޝައިޙް އިބްރާޙިމް ފަރީދު އަޙުމަދު ކުއްލި ގޮތަކަށް ނިޔާވެއްޖެއެވެ.

ޝެއިޚް ފަރީދު ނިޔާވީ މިއަދު މެލޭޝިއާގައެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި، އެ ގައުމަށް ވަޑައިގެންނެވުމަށްފަހު ފްލައިޓުން މެލޭޝިއާ އެއާރޕޯޓަށް ފޭބި ވަގުތު ޝެއިޚް ވަނީ ވެއްޓިފައެވެ. އަދި އޭގެ ފަހުން ސީޕީއާރު ދިން ކަމަށާ، ނަމަވެސް ހިތުގެ ވިންދު ނުލިބި ނިޔާވީކަމަށް "ވޮއިސް" ގައި ރިޕޯޓުކޮށްފައި ވެއެވެ.

ޝެއިޚް މެލޭޝިއާއަށް ވަޑައިގެންނެވީއެ ގައުމުގައި އޮތް ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގެންނެވުމަށެވެ.

ޝެއިޚް ފަރީދަކީ ރާއްޖޭގެ މަޝްހޫރު ދީނީ ޢިލްމުވެރިއެކެވެ. އަދި ދީނީ ވާހަކަތައް ދިވެހިންނަށް ގެނަސްދީ، اللهގެ ދަޢުވަތު ފެތުރުމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ބޭފުޅެކެވެ. 

ފޭސްބުކްގައި ޝެއިޚް އެންމެ ފަހުން ޙިއްސާކޮށްފައިވާ ވީޑިއޯގައި ވާހަކަފުޅު ދައްކަވާފައިވަނީ އަރަފާތު ދުވަހުގެ މާތް ކަމާ ގުޅޭގޮތުންނެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS