ދުނިޔެ

1446ގެ ޙައްޖަކީ ވަރަށް ކާމިޔާބު ޙައްޖެއްގެ ގޮތުގައި ސަޢުދީއިން އިޢުލާނުކޮށްފި

1446ގެ ޙައްޖަކީ ވަރަށް ކާމިޔާބު ޙައްޖެއްގެ ގޮތުގައި ސަޢުދީއިން އިޢުލާނުކޮށްފި

1446ވަނަ އަހަރުގެ ޙައްޖުގެ އަޅުކަމުގެ ތެރެއިން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

09 ޖޫން 2025، 05:29

09 ޖޫން 2025، 05:29

1446ވަނަ އަހަރުގެ ޙައްޖަކީ ވަރަށް ކާމިޔާބު އަދި އެއްވެސް ހިތާމަވެރި ހާދިސާއެއް މެދުވެރިނުވެ ނިމިގެން ދިޔަ ޙައްޖެއްކަމަށް ސަޢުދީޢަރަބިއްޔާއިން އިޢުލާނުކޮށްފިއެވެ.

މައްކާ ސަރަޙައްދުގެ ޑެޕިއުޓީ އަމީރު އަދި ދާއިމީ ޙައްޖު އަދި އުމްރާ ކޮމިޓީގެ ނައިބު ރައީސް، އަމީރު ސަޢޫދު ބިން މިޝްޢަލް ވަނީ 1446 ވަނަ އަހަރުގެ ޙައްޖު މޫސުން ވަރަށް ކާމިޔާބު ކަމާއެކު ނިމުނު ކަމަށް އިޢުލާނުކުރައްވާފައެވެ. އެގޮތުން މި އަހަރުގެ ޙައްޖުގައި އެއްވެސް ސެކިއުރިޓީ، ސިއްޙީ ނުވަތަ ޚިދުމަތްތަކާ ގުޅޭ މައްސަލައެއް ދިމާވެފައި ނުވާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

މިނާގައި ހުންނަ ގަވަރމަންޓް މަރުކަޒުގައި ވާހަކަފުޅު ދައްކަވަމުން، އަމީރު ސަޢޫދު ވަނީ ސަޢޫދީ ސަރުކާރުގެ ލީޑަރޝިޕްއަށް މަރުޙަބާ ދަންނަވާފައެވެ.

މައްކާ ސަރަޙައްދުގެ އަމީރު، އަމީރު ޚާލިދު އަލް-ފައިސަލް އަދި އެތެރޭގެ ކަންކަމުގެ ވަޒީރު އަދި ސުޕްރީމް ޙައްޖު ކޮމިޓީގެ ޗެއަރމަން އަމީރު އަބްދުލްއަޒީޒް ބިން ސަޢޫދު ބިން ނައިފްގެ ފަރާތުން - އަދި ހުރިހާ ޙައްޖު މުވައްޒަފުންގެ ނަމުގައި - އަޅުގަނޑު ޙަރަމައިން ޝަރީފައިންގެ ޚާދިމު، ކިންގް ސަލްމާން ބިން އަބްދުލްއަޒީޒްއަށާއި ވަލީއަހުދު އަދި ބޮޑުވަޒީރު މުޙައްމަދު ބިން ސަލްމާންއަށް ހޫނު މަރުޙަބާ ދަންނަވަން.

އެމަނިކުފާނު ވިދާޅުވިއެވެ.

އަމީރު ސަޢޫދު ވަނީ ސަލާމަތީ، ސިއްޙީ އަދި ޚިދުމަތް ދިނުމުގެ ދާއިރާތަކުގެ މެންބަރުންނަށާއި، މި މޫސުމުގެ ކާމިޔާބީގައި ޙިއްސާވި ގިނަ ވޮލަންޓިއަރުންނަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ސަރުކާރުގެ އިރުޝާދުތަކާ އެއްގޮތަށް ﷲގެ މެހެމާނުންނަށް ޚިދުމަތް ކުރުމުގައި އެފަރާތްތަކުން ދައްކާފައިވާ އިޚްލާޞްތެރިކަމާއި ވަފާތެރިކަން ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، ޙައްޖުވެރިންގެ އެއްބާރުލުމާއި ޤަވާއިދުތަކާއި އިރުޝާދުތަކަށް ތަބާވުމުގެ ސަބަބުން މި މޫސުން ކާމިޔާބުވުމުގައި މުހިންމު ދައުރެއް އަދާކޮށްފައިވާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އަމީރު ސަޢޫދު ވަނީ އަންނަ އަހަރުގެ ޙައްޖު މޫސުމުގެ ތައްޔާރީތައް މިވަގުތުން ފެށޭނެ ކަމަށް ވެސް ވިދާޅުވެފައެވެ. 

ޚަރަމައިންއަށް ޒިޔާރަތްކުރާ ﷲގެ މެހެމާނުންނަށް ޚިދުމަތްކުރުމަކީ  ސަޢުދީގެ ލީޑަރޝިޕްއާއި، ސަރުކާރާއި، ރައްޔިތުންނަށް ލިބޭ ވަރަށްބޮޑު ފަޚުރެއް ކަމަށް ވެސް ސަޢޫދު ވަނޫ ވިދާޅުވެފައެވެ. އަދި މި ހުރިހާ މަސައްކަތެއްގައި ﷲ ސުބުޙާނަހޫ ވަތަޢާލާގެ ޙަޟްރަތުން ކާމިޔާބު އެދޭ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS