ދުނިޔެ
ޔުކްރެއިން ހަނގުރާމައިގެ ޑްރޯންތަކުގެ ކޭބަލް ބޭނުންކޮށްގެން ދޫނި ހާލި ހަދައިފި

ޑްރޯޯންގެ ފައިބަރ އޮޕްޓިކްސް ބޭޏުންކޮށްގެން ދޫނި ހަދާފައިވާ ހާއްޔެއް
ޔުކްރެއިންގެ ޤައުމީ ގާޑުގެ 12 ވަނަ އަޒޯވް ބްރިގޭޑުން ޑޮނެޓްސްކް ސަރަހައްދުގެ ޓޮރެޓްސްކްގައި ހަނގުރާމައިގެ ސަރަޙައްދުގައި ފައިބަރ އޮޕްޓިކް ކޭބަލް ބޭނުންކޮށްގެން ދޫނި ހަދާފައިވާ ހާލިތަކެއް ފެނިއްޖެއެވެ. މިހާލިތައް އަޅާފައިވަނީ ހަނގުރާމައިގައި ބޭނުންކުރާ ޑްރޯންތަކުގެ ކޭބަލްތައް ބޭނުންކޮށްގެންނެވެ.
ޔުކްރެއިންގެ ޚަބަރުގެ ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި، މި ހާލި ފެނުމާ ގުޅިގެން އަޒޯވް ބްރިގޭޑުން ބުނެފައިވަނީ، "އިންސާނުންނަށް ފަހު ދޫނިތަކަކީ ފައިބަރ އޮޕްޓިކްގެ ބާކީއިން އަމިއްލަ ބޭނުމަށް ބޭނުންކުރި ފުރަތަމަ ފަރާތްކަމަށެވެ. މިއީ ހަނގުރާމައިގެ އަލިފާނުގެ ތެރޭގައި ގުދުރަތް ދެމިއޮތްގޮތުގެ މިސާލުތަކުގެ ތެރެއިން އެއް މިސާލެއްކަމަށް އޭނާ ވަނީ ބުނެފައެވެ.
ފާއިތުވި ތިން އަހަރު ދުވަހުގެ ތެރޭގައި ރަޝިޔާ އާއި ޔުކްރެއިންގެ މެދުގައި ހިނގަމުންދާ ހަނގުރާމައިގައި ފައިބަރ އޮޕްޓިކް ކޭބަލް މެދުވެރިކޮށް ކޮންޓްރޯލްކުރާ އެފްޕީވީ ޑްރޯންތައް ދެފަރާތުން ވެސް ގިނައިން ބޭނުންކުރަމުން އަންނަކަން ފާހަގަކުރެވެއެވެ. މި ޑްރޯންތަކުގެ ސަބަބުން އިލެކްޓްރޯނިކް ވޯފެއަރ އިކުއިޕްމަންޓްތަކުގެ ނުފޫޒުން އެއްކިބާވެ، ޑްރޯން އޮޕަރޭޓަރުންނަށް އެމީހުންގެ މަސައްކަތް ކުރިއަށް ގެންދެވެއެވެ.
ޔުކްރެއިންގެ ޑިޖިޓަލް ޓްރާންސްފޮމޭޝަން މިނިސްޓަރު މިކައިލޯ ފެޑޮރޯވް ވިދާޅުވި ގޮތުގައި، މިހާރު ޔުކްރެއިންގައި 15 ކުންފުންޏަކުން ފައިބަރ ޑްރޯން އުފައްދަމުން ގެންދެއެވެ. މި ދާއިރާގައި ޔުކްރެއިންއަށް ލިބިފައިވާ އަވަސް ކުރިއެރުމަކީ އެމެރިކާގެ ކުރީގެ މެރިން ޓްރޯއި ސްމަދަރސްގެ އެހީތެރިކަމާއެކު ހާސިލުކުރެވުނު ކަމެކެވެ.
ފާއިތުވި ހަފްތާގައި ޔުކްރެއިންއިން ވަނީ ރަޝިޔާގެ އެއަރބޭސްތަކަށް ބޮޑު ޑްރޯން ހަމަލާއެއް ދީފައެވެ. "ސްޕައިޑަރސް ވެބް" ގެ ނަމުގައި ކޯޑު ކުރެވިފައިވާ މި ހަމަލާގައި 117 ޑްރޯން ބޭނުންކޮށްގެން ރަޝިޔާގެ ބޮންއަޅާ މަތިންދާބޯޓުތަކާއި އެހެނިހެން މުހިންމު އެއަރ އެސެޓްތައް ހަލާކުކޮށްލާފައިވެއެވެ. މި ހަމަލާގެ މަންޒަރުތައް ސޯޝަލް މީޑިއާގައި ދައުރުވަމުންދާއިރު، ޔުކްރެއިންގެ ޑްރޯން އޮޕަރޭޓަރުން ވަގުތު ނަގައިގެން ރަޝިޔާގެ މަތިންދާބޯޓުތައް ނައްތާލަމުންދާ މަންޒަރު ފެންނަން ހުއްޓެވެ.