Ads by Stelco

ޚަބަރު

ކައުންސިލްތަކަކީ ރައްޔިތުންނަށް ޖަވާބުދާރީވާ ތަންތަނަށް ހަދަންޖެހޭ: އިދާރީ ދާއިރާތަކާބެހޭ ވަޒީރު

ކައުންސިލްތަކަކީ ރައްޔިތުންނަށް ޖަވާބުދާރީވާ ތަންތަނަށް ހަދަންޖެހޭ: އިދާރީ ދާއިރާތަކާބެހޭ ވަޒީރު

އިދާރީ ދާއިރާތަކާއި އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

08 ޖޫން 2025، 04:42

08 ޖޫން 2025، 04:42

އިދާރީ ދާއިރާތަކާއި އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވެފައިވަނީ ކައުންސިލްތަކަކީ ރައްޔިތުންނަށް ޖަވާބުދާރީވާން ތައްޔާރަށް އޮންނަ ކައުންސިލްތަކަކަށް ހަދަންޖެހޭ ކަމަށެވެ. މިހެން ވިދާޅުވެފައިވަނީ އެ ވުޒާރާގެ މަސައްކަތްތަކާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް ދެއްވި ބަސްދީގަތުމެއްގައެވެ.

ކައުންސިލްތަކާއި ސަރުކާރާ އޮންނަ ގުޅުން ރަނގަޅުކޮށް ލާމަރުކަޒީ ނިޒާމުގެ ހިންގުން ހަރުދަނާ ކުރުމަށް އަދުގެ ސަރުކާރުން ވަނީ ޚާއްސަ ވުޒާރާއެއް އުފައްދާފައެވެ. ވަޒީރު ވިދާޅުވިގޮތުގައި މިދިޔަ ދޮޅު އަހަރު އެ ވުޒާރާގެ މަސައްކަތް ކުރިއަށް ގެންދެވުނު އިރު، ކައުންސިލްތަކުން މިހާރު އެ ވުޒާރާގެ މަސައްކަތްތައް ބަލައިގަނެފައިވެއެވެ.

ވަޒީރު އާދަމް ޝަރީފް ވިދާޅުވީ މި ނިޒާމުގެ ތެރެއިން އެންމެ އިސްކަމެއް ދެވެނީ ރައްޔިތުން ބާރުވެރިކުރުވުމަށް ކަމަށާއި، އެކަން ކުރުމަށް އެންމެ ބޮޑު ކުރިއެރުމެއް ލިބެންޖެހެނީ ކައުންސިލްތަކަށް ކަމަށެވެ. އަދި ކައުންސިލްތަކަކީ ރައްޔިތުން އިތުބާރުކުރާ އަދި ރައްޔިތުންނަށް ބަރޯސާވެވޭ ބަޔަކަށް ހަދަންޖެހޭ ކަމަށާއި، އެކަމަށްޓަކައި ލާމަރުކަޒީ ޤާނޫނަށްވެސް ބަދަލުތަކެއް އަންނަންޖެހޭ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރު އިތުރަށް ވިދާޅުވީ، ކުރިއަށް އޮތްތަނުގައި އެ ވުޒާރާއިން އެންމެ ބޮޑު އިސްކަމެއްދޭނީ ކައުންސިލްތަކުން ދެމުންދާ ޚިދުމަތްތައް ފުޅާކޮށް ރައްޔިތުންގެ ބަސް އިއްވައިދޭ ތަނަކަށް ކައުންސިލްތައް ހެދުމަށް ކަމަށެވެ. އަދި ރަށްރަށުގައި ހިންގާ މަޝްރޫޢުތަކުގައި ރައްޔިތުންގެ ޚިޔާލު ރަނގަޅަށް ދެނެގަތުމުގެ މުހިންމުކަންވެސް ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، ލާމަރުކަޒީ ނިޒާމު  ހަރުދަނާ ކުރުމުގެ އިތުރުން ކައުންސިލްތަކަށް ބޭނުންވާ ވަސީލަތްތައް ފޯރުކޮށްދިނުމަށްވެސް ސަރުކާރުން މަސައްކަތް ކުރަމުންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ. އެގޮތުން ޗައިނާ ސަރުކާރުގެ އެހީގައި 50 ކައުންސިލެއް ތަރައްޤީ ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، ސަރުކާރު ޚަރަދުގައި 55 ކައުންސިލެއްގެ މަސައްކަތްވެސް ކުރިއަށްދާކަން ވަޒީރު އާދަމް ޝަރީފް ވިދާޅުވިއެވެ.

                    

މި ލިޔުން ކިޔާލުމުން

Ads by MSS