ޚަބަރު
ދިވެހި ޙައްޖުވެރިން ބޮޑު ޖަމްރާއަށް ހިލައުކައި އިޙްރާމް ކަނޑައިފި

ދިވެހި ޙައްޖުވެރިން ބޮޑު ޖަމްރާއަށް ހިލައުކަނީ ފޮޓޯ:އިންޓަނެޓް
މިއަދު ޢީދުލްއަޟްޙާ ދުވަހު، ދިވެހި ޙައްޖުވެރިން ވަނީ ބޮޑު ޖަމްރާ ނުވަތަ ޖަމްރަތުލް އަޤްބާއަށް ހިލަ އުކައި، އިހުރާމް ކަނޑާފައެވެ. މިއީ ޙައްޖުގެ އަޅުކަމުގެ އެންމެ މުހިންމު އެއް މަނާސިކެވެ.
ޖަމްރާތަކަށް ހިލައުކުމަކީ އިބްރާހީމްގެފާނު އިބްލީސް ފައްސާލުމަށް ހިލައުއްކެވި ހަނދާން އާކުރުމުގެ ގޮތުން ކުރާ ކަމެކެވެ. ކީރިތި ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ ވެސް ޙައްޖަތުލްވަދާޢުގައި މި އަޅުކަން އަދާކުރެއްވިއެވެ.
ޙައްޖު ކޯޕަރޭޝަނުން މަޢުލޫމާތު ދެއްވިގޮތުގައި، ދިވެހި ޙައްޖުވެރިން މިއަދު ޖަމްރަތުލް އަޤްބާއަށް ހިލައުކުމަށްފަހު، ފިރިހެނުން ވަނީ ބޯ ތުނިކޮށް ކޮށައި ނުވަތަ ބޯ ބާލާފައެވެ. އަދި ޙައްޖުވެރިންގެ ފަރާތުން ހަދްޔު ކަތިލުންވެސް ކުރިއަށް ގެންގޮސްފައިވެއެވެ.
"ޢީދު ދުވަހަށްފަހު ދެން އަންނަ އައްޔާމުއްތަޝްރީޤުގެ ތިން ދުވަހުގައި ޙައްޖުވެރިން ތިން ޖަމްރާއަށްވެސް ހިލައުކާނެ ކަމަށް ޙައްޖު ކޯޕަރޭޝަނުގެ އިސް އޮފިޝަލެއް ވިދާޅުވިއެވެވިއެވެ.މިގޮތުން މާދަމާ އަދި އޭގެ އަނެއްދުވަހު ތިން ޖަމްރާއަށް ހިލައުކުމަށްފަހު، ދިވެހި ޙައްޖުވެރިން މައްކާއަށް އެނބުރި ދާނެކަމަށްވެސް މަޢުލޫމާތު ދެއްވިއެވެ.
ޙައްޖުގެ މި މުހިންމު މަނާސިކް އަދާކުރުމާއެކު، ދިވެހި ޙައްޖުވެރިން ވަނީ އެމީހުންގެ މުޤައްދަސް ދަތުރުގެ އެންމެ މުހިންމު އެއް މަރުޙަލާ ފުރިހަމަކޮށްފައެވެ. މި އަހަރުގެ ޙައްޖު މޫސުމުގައި ދިވެހިރާއްޖެއިން ގާތްގަނޑަކަށް 1000 ޙައްޖުވެރިން ބައިވެރިވެފައިވެއެވެ.