Ads by Stelco

ޚަބަރު

ޢީދު ހަވީރުގައި ކޯސްޓްގާޑް އުޅަނދު ޝަހީދު އަލީ ބަލާލުމުގެ ފުރުސަތު ހުޅުވާލައިފި

ޢީދު ހަވީރުގައި ކޯސްޓްގާޑް އުޅަނދު ޝަހީދު އަލީ ބަލާލުމުގެ ފުރުސަތު ހުޅުވާލައިފި

ޝަހީދު އަލީ ބަލާލުމުގެ ފުރުސަތު ހުޅުވާލައިފި

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

06 ޖޫން 2025، 06:39

06 ޖޫން 2025، 06:39

އަޟްޙާ ޢީދުގެ މުނާސަބަތުގައި ދިވެހި ސިފައިންގެ ޚިދުމަތުން ޢީދުއުފާ ތެރެއިން ކޯސްޓްގާޑް އުޅަނދު ޝަހީދު އަލީ އެތެރެ ބަލާލުމުގެ ފުރުސަތު އާންމުންނަށް ހުޅުވާލައިފިއެވެ. މި ފުރުސަތު މިއަދު ހަވީރު 4 އިން 6 އަށް ހުޅުވާލާފައިވާ ކަމަށް އެމްއެންޑީއެފްއިން މަޢުލޫމާތު ދީފައިވެއެވެ.

ޢީދު ހަވީރުގެ ނަމުގައި ބާއްވާ މި ހަރަކާތުގެ މަޤްޞަދަކީ އާއިލާތަކަށް ވަގުތު ދީ، ކުޑަކުދިންނަށް ކޯސްޓް ގާޑާއި ފުލުހުން ބޭނުންކުރާ އާލާތްތައް ދައްކާލާ ތަޖުރިބާ ކުރުމުގެ ފުރުސަތު ދިނުން ކަމަށް ކޯސްޓް ގާޑުން ބުނެފައިވެއެވެ. މި ހަރަކާތުގައި ކުޑަކުދިން ވަރަށް ޖޯޝާއި ފޯރިއާއެކު ބައިވެރިވެފައިވާ ކަމަށްވެސް އެފަރާތުން ފާހަގަކޮށްފައިވެއެވެ.

އަޟްޙާ ޢީދުގެ މުނާސަބަތުގައި ސަރުކާރުގެ ވުޒާރާތަކުން ބާއްވާ "ޢީދު ހަވީރު 1446" ގެ ނަމުގައި ޚާއްޞަ ހަރަކާތްތަކެއް 6 ޖޫން އިން 8 ޖޫނަށް ކުރިއަށްދާނެއެވެ. މި ހަރަކާތްތައް ބޭއްވުމަށް ހަމަޖެހިފައިވަނީ ހުޅުމާލެ ފޭސް 1 ގެ ސެންޓްރަލް ޕާކުގައި، ފޭސް 2 ގެ ހިޔާ ޕާކުގައި އަދި މާލޭ ސަލްޓާން ޕާކް އަދި ޖުމްހޫރީ މައިދާނުގައެވެ.

މި ހަވީރުގައި އެމްއެންޑީއެފްގެ އިތުރުން، އެޗްޑީސީ، އެސްޓީއޯ، ސްޓެލްކޯ، ވެމްކޯ، އެމްޓީސީސީ، އެމްއޭސީއެލް، ބީސީސީ، ޕީއެސްއެމް، އުރީދޫ އަދި ރެޑް ކްރެސެންޓްގެ އިތުރުން އެހެނިހެން ތަންތަނުން ބައިވެރިވެ، އެކި ކުލަވަރާއެކު ސްކު ސްޓޯލްތައް ހަދާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމާއެކު، އެންމެހާ ދިވެހިން ޢީދުގެ އުފާ ފާޅުކުރުމަށް މަގުފަހިކޮށްދިނުމަށް ޚާއްޞަ އަހައްމިއްޔަތުކަމެއް ދެއްވާފައިވާކަން ފާހަގަކުރެވެއެވެ. މި ހަރަކާތްތައް ކުރިއަށްދާނީ ހަވީރު 4 އިން 6 އަށެވެ. އަދި ބައެއް ސްޓޯލްތައް ރޭގަނޑު 8:30 އިން ފެށިގެން ހުޅުވާލުމަށް ވަނީ ހަމަޖެހިފައެވެ.

މި ހަރަކާތްތަކުގައި ރާއްޖޭގެ އިހުގެ ސަޤާފަތާއި، އިހުގައި ދިވެހިން ކުޅެއުޅުނު ކުޅިވަރުތަކުގެ އިތުރުން ޒަމާނީ ކެރެކްޓަރުތައް ވެސް ދައްކާލުމަށް ހަމަޖެހިފައިވެއެވެ. އަދި ސިފައިންގެ ޔުނިފޯމްތަކާއި، އޮޕަރޭޝަންތަކުގައި ބޭނުންކުރާ އެކިކަހަލަ ހަތިޔާރުތަކާއި، އެއްގަމާއި ކަނޑުމަތީ ބޭނުންކުރާ އެކި އުޅަނދުތައް ދައްކާލުމާއި، އެ ތަކެއްޗާ އެ

ކު ފޮޓޯ ނެގުމާއި ތަޖުރިބާކޮށްލުމުގެ ފުރުޞަތު ފަހިކޮށްދީފައިވެއެވެ. މީގެ އިތުރުން ބޭންޑުގެ ހަރަކާތްތަކާއި، ފޯމްބާތް ޕޫލަކާއި ފެންކުޅީގެ އެކި ހަރަކާތްތައް ވެސް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

ޢީދު ހަވީރުގެ ހަރަކާތްތައް އިންތިޒާމްކޮށްފައިވަނީ ވީހާވެސް ގިނަ ބަޔަކަށް ބައިވެރިވެވޭނެ ގޮތަށް، އަދި އެކި އުމުރުފުރާގެ ކުދިންނާއި މީހުންނަށް ވެސް ޝައުޤުވެރިވާނެ ތަފާތު ހަރަކާތްތަކާއި ކުޅިވަރުތައް ހިމަނައިގެންނެވެ. ސަރުކާރުގެ ވުޒާރާތަކާއި ދައުލަތުގެ އެކި މުއައްސަސާތަކާއި ވިޔަފާރި ކުންފުނިތަކުން ތައްޔާރުކޮށްފައިވާ ސްޓޯލްތަކުގައި ތަފާތު އެކި ގޭމްތަކާއި ކުޅިވަރު ހަރަކާތްތައް ހިމެނެއެވެ.


                    

                    

މި ލިޔުން ކިޔާލުމުން

Ads by MSS