Ads by Stelco

ޚަބަރު

ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު ފަރާ ޚާން ކައްކާ ގޮވައިގެން ޢީދު ކުޅިވަރުތައް ބަލައިލުމަށް ރާއްޖެ އަތުވެއްޖެ

ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު ފަރާ ޚާން ކައްކާ ގޮވައިގެން ޢީދު ކުޅިވަރުތައް ބަލައިލުމަށް ރާއްޖެ އަތުވެއްޖެ

ފަރާހް ހާން އަދި އޭނާގެ ކައްކާ ދިލިޕް ، ފަރާހް ރާއްޖެއައިސް މޮނިއުމަންޓްކައިރީ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

06 ޖޫން 2025، 06:21

06 ޖޫން 2025، 06:21

ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު ފަރާ ޚާން، ރާއްޖޭގެ ރަށްރަށުގެ ދިރިއުޅުމާއި އީދު ކުޅިވަރުތައް ބަލައިލުމަށް މިއަދު ރާއްޖެ އަތުވެއްޖެ އެވެ. މި މަޢުލޫމާތު ހާމަކޮށްފައިވަނީ ރާއްޖޭގެ ޓޫރިޒަމް އިޝްތިހާރުކުރުމުގެ މަސައްކަތް ކުރާ މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިންނެވެ.

އެމްއެމްޕީއާރުސީން މިރޭ ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ފަރާއަށް ރާއްޖޭގެ ހަގީގީ މެހުމާންދާރީ އަދާކުރުމަށް ތައްޔާރުވެފައިވާ ކަމަށެވެ. މި ޕޯސްޓާއެކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހުންނަ ރާއްޖޭގެ މޮނިއުމެންޓް ކައިރީގައި ފަރާ ހުރެ ނަގާފައިވާ ފޮޓޯއެއް ވެސް ހިއްސާކޮށްފައިވެއެވެ. މި ފޮޓޯގައި އެމްއެމްޕީއާރުސީގެ ޗެއާޕާސަން އަބްދުﷲ ޤިޔާސް ރިޔާޒާއި ސީއީއޯ އިބްރާހިމް ޝިއުރީ ވެސް ތިއްބެވި އެވެ.

އެމްއެމްޕީއާރުސީން ކުރިން ހާމަކޮށްފައިވާ ގޮތުގައި، ރާއްޖޭގެ ރަށްރަށުގައި މިފަހަރު ބާއްވާ ބޮޑު އީދުގެ ކުޅިވަރުތައް ޝޫޓުކުރުމަށް މި މަހުގެ ފަހުކޮޅު ފަރާ ރާއްޖެއަށް އަންނާނެ އެވެ. މިއީ ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓްކުރުމަށް ފަރާއާ ގުޅިގެން ކުރިއަށް ގެންދާ ހާއްސަ ޕްރޮޖެކްޓެއްގެ ދަށުން ކުރެވޭ މަސައްކަތެކެވެ. 



މި ޕްރޮޖެކްޓުގެ ދަށުން ބައެއް ރަށްރަށުގެ ރީތި ސަގާފަތް "ކޮމެޑިކް ނެރޭޓިވް" އަކުން ގެނެސްދޭނެ ކަމަށް އެމްއެމްޕީއާރުސީން ބުނެފައިވެ އެވެ. ނަމަވެސް ފަރާ ދަތުރުކުރާނެ ވަކި ރަށްތަކެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

ފަރާ ޚާނަކީ "މޭ ހޫ ނާ" އާއި "އޯމް ޝާންތި އޯމް" ފަދަ ދިވެހިންގެ މެދުގައި ވެސް މަޝްހޫރު އެތައް ފިލްމެއް ޑައިރެކްޓުކޮށްފައިވާ ފަންނާނެކެވެ. މީގެ އިތުރުން، ފަރާއަކީ މިހާރު ޔޫޓިއުބްގައި އިންޑިއާގެ އެންމެ މަގުބޫލު ކައްކާ ޝޯ ވެސް ގެނެސްދޭ ފަންނާނެވެ. އޭނާގެ ގޭގައި ގެންގުޅޭ ކައްކާ ކަމަށްވާ ދިލިޕްއާ އެކު ގެނެސްދޭ ޔޫޓިއުބް ވީޑިއޯތަކަށް ވަރަށް ބޮޑު ތަރުހީބެއްލިބެއެވެ.

                    

މި ލިޔުން ކިޔާލުމުން

Ads by MSS