Ads by Stelco

ޚަބަރު

ދިވެހި ޙައްޖުވެރިން ޢަރަފާތުން މިނާއަށް: ހުރިހާ ޙައްޖުވެރިންގެ ޙާލު ރަނގަޅު

ދިވެހި ޙައްޖުވެރިން ޢަރަފާތުން މިނާއަށް: ހުރިހާ ޙައްޖުވެރިންގެ ޙާލު ރަނގަޅު

އަރަފާތުގައި ތިބުން ފުރިހަމަކޮށް މުޒްދަލިފާއަށް ދިއުމަށް ހައްޖުވެރިންވަނީ ތައްޔާރު ވެފަ ފޮޓޯ:ވުޒާރާ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

06 ޖޫން 2025، 02:56

06 ޖޫން 2025، 02:56

ޙައްޖުގެ އެންމެ މުހިންމު ރުކުންކަމުގައިވާ ޢަރަފާތުގައި މަޑުކުރުމަށްފަހު، މުޛްދަލިފާގައި ރޭކޮށް، ދިވެހި ހުރިހާ ޙައްޖުވެރިން މިއަދު ފަތިހުގެ ވަގުތެއްގައި މިނާ ފޭލިގެތަކަށް އެނބުރި ގޮސްފިއެވެ. މިކަން ހާމަކުރައްވަމުން އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ ދިވެހި ހުރިހާ ޙައްޖުވެރިންގެ ޙާލު ރަނގަޅު ކަމަށެވެ.

ދިވެހި ޙައްޖު މިޝަނުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، ޙައްޖުވެރިން މިއަދު މައްކާ ގަޑިން ހެނދުނު 9:30 އަށް ޖަމްރާއަށް ހިލަ އުކަން ދިއުމަށް ހަމަޖެހިފައިވެއެވެ. އަދި އައްޔާމުއްތަޝްރީޤުގެ ދުވަސްތަކުގައި މިނާގައި ރޭކުރާނެ ކަމަށްވެސް އެ މިޝަނުން ބުނެފައިވެއެވެ.



މިއަހަރު ދިވެހިރާއްޖެއިން 1000 މީހުން ވަނީ ޙައްޖުގެ މަތިވެރި އަޅުކަން އަދާކޮށްފައެވެ. މި ޙައްޖުވެރިންގެ ތެރެއިން އެއްވެސް މީހަކު ގެއްލިފައި ނުވަތަ މަގު އޮޅިފައި ނުވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

                    

މި ލިޔުން ކިޔާލުމުން

Ads by MSS