Ads by Stelco

ޚަބަރު

ސްރީލަންކާގައި ދިވެހިން އެކުވެ އަޟްޙާ ޢީދު ފާހަގަކޮށްފި

ސްރީލަންކާގައި ދިވެހިން އެކުވެ އަޟްޙާ ޢީދު ފާހަގަކޮށްފި

ސްރީލަންކާގައި ދިރިއުޅޭ ބައެއް ދިވެހިން ފޮޓޯ:ރާއްޖެ އެމްވީ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

06 ޖޫން 2025، 02:29

06 ޖޫން 2025، 02:29

ސްރީލަންކާގައި ދިރިއުޅޭ ދިވެހިން އެއްވެ، ބޮޑު ޖަމާޢަތުގައި އަޟްޙާ ޢީދު ނަމާދު އަދާކޮށްފިއެވެ. މި ނަމާދު އަދާކުރީ މޯލްޑިވްސް ކަލްޗަރަލް ސެންޓަރ، ސޯސަން ވިލާގައެވެ.

ނަމާދަށްފަހު، މޯލްޑިވްސް ކަލްޗަރަލް ސެންޓަރުން އިންތިޒާމުކޮށްގެން ޢީދު ސައެއް ބޭއްވުނެވެ. މި ސައިގައި ގިނަ އަދަދެއްގެ ދިވެހިން ބައިވެރިވިއެވެ. އަދި ޢީދު ފާހަގަކުރުމުގެ ގޮތުން އެކުވެރިކަމުގެ ބަށި މެޗެއްވެސް ކުރިއަށް ގެންދެވުނެވެ.

މީގެ އިތުރުން، ސްރީލަންކާގައި ދިރިއުޅޭ ދިވެހި އާއިލާތަކަށް ޚާއްޞަކޮށްގެން ޢީދު ހަވީރަކާއި ހަވާއެރުވުމުގެ ހަފްލާއެއް މިއަދު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ކޮންމެ އަހަރަކުވެސް ފިޠުރު ޢީދާއި އަޟުޙާ ޢީދާ ދިމާކޮށް، ސްރީލަންކާގައި ދިރިއުޅޭ ދިވެހިން ގުޅިގެން ޢީދުގެ ހަރަކާތްތައް ކުރިއަށް ގެންދެއެވެ. މި ހަރަކާތްތައް އިންތިޒާމުކުރަނީ ސްރީލަންކާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނާ ގުޅިގެންނެވެ.

އަދި ހަމައެހެންމެ، ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައިވެސް ޢީދު ފާހަގަކުރުމުގެ ހަރަކާތްތައް ދަނީ ކުރިއަށެވެ. މުޅި ރާއްޖެ ދިއްލާލުމުގެ އިތުރުން، ސަރުކާރުގެ ވުޒާރާތަކާއި، އެކި މުއައްސަސާތަކާއި، ސަރުކާރުން ހިއްސާވާ ކުންފުނިތައް ގުޅިގެން ޢީދު ދުވަހުގެ ހަވީރު ފޯރިގަދަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ތައްޔާރުވަމުންދެއެވެ.

މި ހަރަކާތްތަކުގައި ރާއްޖޭގެ އިހުގެ ކުޅިވަރުތަކާއި ޘަޤާފަތް ދައްކާލުމަށް ހަމަޖެހިފައިވާއިރު، ޒަމާނީ ކެރެކްޓަރުތައް ފިއުޝަން ގޮތަށްވެސް ދައްކާލުމަށް ވަނީ ރޭވިފައެވެ.


                    

މި ލިޔުން ކިޔާލުމުން

Ads by MSS