ޚަބަރު
ދަރީން ހެޔޮލަފާ، ކިޔަމަންތެރި ބަޔަކަށް ހަދަން މަސައްކަތްކުރުމަކީ އެންމެންގެ މަސްއޫލިއްޔަތެއް: ޢީދު ޚުޠުބާ

މާލޭ ހުކުރު މިސްކިތުގައި ކުރެވުނު ޢީދު ނަމާދު ފޮޓޯ:ވުޒާރާ
އަޟްޙާ ޢީދު ދުވަހުގެ ޢީދު ޚުޠުބާގައި، ދަރީން ހެޔޮލަފާ އަދި ކިޔަމަންތެރި ބަޔަކަށް ހެދުމަށް މަސައްކަތްކުރުމަކީ މުޖުތަމަޢުގެ އެންމެންގެ މަސްއޫލިއްޔަތެއްގެ ގޮތުގައި ހެދުމަށް ގޮވާލައްވައިފިއެވެ.
މިއަދު ހެނދުނު މާލޭ ހުކުރު މިސްކިތުގައި ދެއްވި ޢީދު ޚުޠުބާގައި، އަޟްޙާ ޢީދަކީ ޙައްޖުގެ އެންމެ މުހިންމު ދުވަސްކަމަށާއި، މި ދުވަހަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން އައިސްތިބޭ މުސްލިމުން އެއްތަނަކަށް އެއްވެ، މާތްﷲގެ އަމުރުފުޅަށް ބޯލަނބައި، މުސްލިމުންގެ އެއްބައިވަންތަކަން ދައްކުވައިދޭ ޢާލަމީ ބައްދަލުވުމެއްކަމަށް ވިދާޅުވިއެވެ.
ޚުޠުބާގައި އިސްލާމްދީނުގެ މުހިންމުކަމާއި، އަޅުކަމުގެ ތެރެއިން މުސްލިމް އުންމަތުގެ ހަރުދަނާކަމާއި ބާރު ހާމަކޮށްދޭކަން ފާހަގަކުރެއްވިއެވެ. އަދި ޙައްޖުގެ އަޅުކަމުން އިބްރާހީމްގެފާނާއި އިސްމާޢީލްގެފާނުގެ ވާހަކަތައް ހަނދާންކޮށްދޭކަމަށް ވިދާޅުވިއެވެ.
މިއަދު އަހަރެމެންގެ ދަރީން މައިންބަފައިންނަށް ނުކިޔަމަންތެރިވެ، ބަސް ނާހާ ވާހަކަ އަޑުއިވެއެވެ. އަހަރެމެންގެ ދަރީން ހެޔޮލަފާ، ކިޔަމަންތެރި ބަޔަކަށް ހަދަން މަސައްކަތްކުރުމަކީ އެންމެންގެ މަސްއޫލިއްޔަތެއްކަމުގައި ހަދާށެވެ!
ޚުޠުބާ
އިސްލާމީ އުންމަތް ނިކަމެތިވުމުގެ އެންމެ ބޮޑު ސަބަބަކީ މާތްﷲ އާއި އެކަލާނގެ ރަސޫލާގެ އެންގެވުންތަކާ ދުރުހެލިވުމާއި، ވެރީންނާއި މައިންބަފައިންނާއި ބޮޑުންގެ ބަސް ނޭހުންކަމަށްވެސް ޚުޠުބާގައި ފާހަގަކުރެއްވިއެވެ. އަދި ޢީދުން އައު ޞަފުޙާއެއް ހުޅުވައިލައި، މުޅި ޙަޔާތުގެ އަމުރުވެރި ފަރާތަކީ އިސްލާމްދީންކަމުގައި ހެދުމަށް ގޮވާލެއްވިއެވެ.